ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދު ތަމްސީލް ކުރައްވަނީ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއެވެ.

Ad
rt

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު މެންބަރުކަމުން ވަކިކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ތޯލިބު އެވެ.

ތޯލިބުގެ މި މައްސަލާގައި ފާހަގަ ކުރަށްވާފައި ވަނީ، ކޮޕް-27 ސަމިޓުގައި ރައީސް ނަޝީދު އަވަށްޓެރި ސްރީލަންކާ ތަމްސީލު ކުރެއްވުމުން، ނަޝީދުގެ އެ އަމަލަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މަޖިލީހުގެ މެންބަރެއްގެ ޒިންމާތަކާއި ޝަރުތުތަކާ ހިލާފު އަމަލެއް ކަމުގަ އެވެ. އަދި އެއީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިސްގެ މެންބަރުން މަސައްކަތް ކުރުމުގައި ރިޢާޔަތް ކުރަންޖެހޭ ކަންކަމެވެ. މިގޮތުން މަޖިލީހުގެ މެންބަރުން އަމަލު ކުރަން ޖެހޭނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ މަންފާއަށް އިސްކަންދީގެން ކަމަށް އެ މާއްދާގައި ބުނެއެވެ. އަދި، އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް އެ މާއްދާ ބުނެއެވެ.