ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށާއި އެތަނުގައި ބަނޑަހަ ޖަހައިގެން ފުވައްމުލައް މީހުން އުޅުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ “ފޯއްޅަވަހި: ރާއްޖޭގެ ފަޅުރަށެއް” މި މައުޟޫއަށް އާންމު ކުރެއްވި ލިޔުއްވުމެއްގަ އެވެ.
އިނގިރޭސި ދައުލަތުން ޗާގޯސް ރިޖްގެ ރަށްރަށުން ފައިބާ އިރެއްގައި ޑިއޭގޯ ގާސިޔާ އާއި އެހެން ބައެއް އަތޮޅުތައް މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ފުރޮޅުނު ނަމަވެސް، ފޯއްޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގީ ދިވެހިންނަށް ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.
އެ ލިޔުއްވުމުގައި ފޯއްޅަވައްސަށް ދިވެހިން ކިޔާ އަނެއް ނަމަކީ ފޯއްޅަވައި ކަމަށާއި ދެނަމަކީ އެއް ނަމެއް ކަމަށް ފެންނަ ކަމަށާއި އަދި ފޯއްޅަވައްސައި އެކުގައި ފުވައްމުލައް މާބޮޑަށް ވެސް ފާހަގަކުރެވޭކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ނަމުގައިވެސް އެއްގޮތް ތަކެއް ފާހަގަކުރެވޭ ކަމަށާއި ނަމުގައި އެއްގޮތްކަން އުފެދި އަދި ހިފެހެއްޓިފައި އެވަނީ އެހެން އެތައްކަމެއްގެވެސް އެއްގޮތްކަން ހުންނަކަމުން ކަމަށެވެ.
"އެއީ ގުދުރަތީ ގޮތުން ދެރަށް އުފެދިފައިވާ ގޮތުގެ އެއްގޮތްކަމަށް ނުވަތަ ކަނޑުދަތުރުގައި ވައިޖެހޭ މިސްރާބާއި އެކުގައި ފާހަގަވާ އެއްގޮތްތައްވެސް ވެދާނެ. ފަރަންސޭސި ވިލާތާއި އިނގިރޭސި ވިލާތާ ދެމެދު ހިންގަމުން ގެންދިޔަ ހަނގުރާމަތަކުގައި ކުރި ލިބޭ ގައުމަކަށް ފޯޅަވަހީގެ ސިޔާދަތީ ބާރު ފުރޮޅެމުންދާ ގޮތަށް." ނަޝީދު ވިދާޅުވި އެވެ.
އެގޮތުން 1965 ވަނަ އަހަރަށްވީ އިރު، ފޯޅަވަހި ބަލަހައްޓަނީ އިނގިރޭސި ދައުލަތުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އިނގިރޭސި ދައުލަތުން ފޯޅަވަހި ދޫކޮށްލާއިރެއްގައި އެތަނުގެ ސިޔާދަތީ ބާރު އެންމެ ފުރަތަމަ އެނބުރޭނީ އެރަށުގެ އަހުލުވެރިންނަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ ފޯޅަވައްސަކު ބަޔަކު ނެތް ކަމަށާއި މީހުން ތިބީ ޑިއޭގޯ ގާސިޔާ އަތޮޅުގައި ކަމަށެވެ. އަދި އެތަނުގެ އެއްބައި މީހުން ތިބީ މޮރިޝަސްގައި، އަނެއްބައި މީހުން ތިބީ އިނގިރޭސި ވިލާތުގައި ކަމަށެވެ.
މީގެ އިތުރުން މޮރިޝަސްއަށް ގެންދިޔައީ ފޯޅަވަހީގެ މީހުން ނޫން ކަމަށް ވެސް ނަޝީދުގެ ލިޔުމުގައި ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!