ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ދުރުކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަނެ، މިއަދު ބޭރުކޮށްލައިފި އެވެ.
ބައިނަލްއަގްވާމީ މަސްރަހުގައި ސްރީލަންކާ ތަމްސީލުކުރަން ނަޝީދު ވަޑައިގަންނަވާތީ އެމަނިކުފާނުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ވަކީލް އަހުމަދު ތާލިބެވެ.
އެގޮތަށް ނިންމައިފިނަމަ، އެމަނިކުފާނަށް މަޖިލީހުގެ ރައީސްކަން ގެއްލޭނެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަނެ ބޭރުކޮށްލިޔަސް އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންނަށް އިސްތިއުނާފް ކުރެވިދާނެ އެވެ.
ގާނޫނު އަސާސީ ބުނާގޮތުން މަޖިލީހުގެ މެމްބަރުންގެ ގޮނޑިއާ މެދު ސުވާލު އުފެދޭ މައްސަލަތައް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!