މައި ޚަބަރަށް ދިޔުމަށް
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ކުޑަހުވަދޫގައި ހިންގާ ހައުސިން މަޝްރޫޢުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ އަޅައިދެނީ
Raajje

ކުޑަހުވަދޫގައި ހިންގާ ހައުސިން މަޝްރޫޢުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ އަޅައިދެނީ

ކުޑަހުވަދޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫޢުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ އެޅޭނެމަގު ތަނަވަސްކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ދ.އަތޮޅުގެ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާއި ބައްދަލުކުރަަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިގޮތުން ރައީސް މުޢިއްޒު ވަނީ ކުޑަހުވަދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ މައްސަލައަށް އައު ޙައްލެއް ހުށ...

ޖޭއެސްސީ އަށް ޔަޒްމީދު ޢައްޔަނުކުރައްވައިފި
Raajje

ޖޭއެސްސީ އަށް ޔަޒްމީދު ޢައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އ. ވިލިނގިލި، ވައިޖެހޭގެ އަލްފާޟިލް ޔަޒްމީދު މުޙައްމަދު މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޖޭއެސްސީ އަށް ޔަޒްމީދު ޢައްޔަނުކޮށްފައި ވަނީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައެވެ. ޔަޒްމީދު އެ މަގާމަށް ޢައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޔަޒްމީދު އެ މަގާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން، ރައީސް ވަނީ މުޙައްމަދު ސ...

ރައީސް ދ.އަތޮޅަށް، ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ
Raajje

ރައީސް ދ.އަތޮޅަށް، ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރީގެ (ދ. އަތޮޅު) މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފައްޓަވައިފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އެ އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަދި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން އެ ރަށްރަށުގެ ހާލަތު...

ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒުގެ ތަހުނިޔާ
Raajje

ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒުގެ ތަހުނިޔާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ރައީސް ވަނީ ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޖަޕާނުގެ އެމްޕެރާ ހިޒް މެޖެސްޓީ ނަރުހިތޯ އަދި ޕްރައިމް މިނިސްޓަރ ހިޒް އެކްސެލެންސީ ޝިގެރޫ އިޝިބާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. ރައީސް އޮފީހުން ބުނިގޮތުގައި، ޖަޕާނުގެ އެމްޕެރާއަށާއި ބޮޑުވަޒީރަށް ވަކި ވަކިން ރައީސް ފޮނުއްވި ސިޓީފުޅުތަކުގައި، ރާއްޖެއާއ...

ސައޫދީގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ
Raajje

ސައޫދީގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ

ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނާއި ވަލީއަހުދަށް ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދަކީ (ފެބްރުއަރީ 22 ވަނަ ދުވަހަކީ) ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހެވެ. މިއަދުގެ މުނާސަބާގައި ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދާއި، ވަލީއަހުދާއި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް އިޚްލާޞްތެރި ތަހުނިޔާއ...

ލ.ގަމުގެ އިޚްތިޞާޞްގައި ބޮޑުފިނޮޅު ހިމެނުމަށް ރައީސް ނިންމަވައިފި
Raajje

ލ.ގަމުގެ އިޚްތިޞާޞްގައި ބޮޑުފިނޮޅު ހިމެނުމަށް ރައީސް ނިންމަވައިފި

ލ. އަތޮޅު ގަމުގެ އިޚްތިޞާޞްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމާ ގުޅިގެން ރައީސް ވަނީ އިއްޔެ ޤަރާރެއް ނެރުއްވައި، ގަމުގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައިވެއެވެ. ރައީސް މުޢިއްޒު މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ޤާނޫނުން، ދިވެހިރާއްޖ...

ރައީސް މުޢިއްޒު، ސެއިންޓް ލޫސިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
Raajje

ރައީސް މުޢިއްޒު، ސެއިންޓް ލޫސިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސެއިންޓް ލޫސިއާގެ 45 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ އިސްވެރިންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. ރައީސް މުޢިއްޒު މި ތަހުނިޔާ ފޮނުއްވާފައިވަނީ ސެއިންޓް ލޫސިއާގެ ގަވަރނަރ ޖެނެރަލް ހިޒް އެކްސެލެންސީ ސައިރިލް އީ.އެމް. ޗާލްސްއަށާއި، ބޮޑުވަޒީރު ހިޒް އެކްސެލެންސީ އޮނަރަބަލް ފިލިޕް ޖޯސެފް ޕިއޭރއަށެވެ. މީގެ އިތުރުން އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށްވެސް ރައީސް މުޢިއްޒު ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. ރައީސް މުޢިއްޒު މި ތަހުނިޔާ ފޮނުއ...

ދިވެހީންގެ ގޮތުގައި ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް: ރައީސް
Raajje

ދިވެހީންގެ ގޮތުގައި ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް: ރައީސް

ދިވެހީންގެ ގޮތުގައި ދިވެހީން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖެ، ދިވެހިވަންތަ، ދިވެހިދިދަ، ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި، ސިޔާދަތު ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ “ދިވެހި” ބަހާއެވެ. އަދި މާޒީއާއި، މިއަދު އަދި މާދަމާވެސް، ދިވެހީންގެ...

ރައީސް މުޢިއްޒު، މަޖިލީހުގެ ރައީސާއި ޕީއެންސީ ޕީޖީ ލީޑަރާއި ބައްދަލުކުރަށްވައިފި
Raajje

ރައީސް މުޢިއްޒު، މަޖިލީހުގެ ރައީސާއި ޕީއެންސީ ޕީޖީ ލީޑަރާއި ބައްދަލުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް އާއި މިއަދު ބައްދަލުކުރަށްވައިފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް ލީހުގެ ރައީސް ޢަބްދުއްރަޙީމް އަދި ޕީއެންސީ ޕީޖީ ލީޑަރ ފަލާހް އާއި މިއަދު ބައްދަލުކުރެއްވި ކަމަށެވެ. ‏މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ކުރިއަށްދާ ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާމެދު މަޝ...

ރާއްޖެ-ސިންގަޕޫރު ސިޔާސީ ގުޅުމަށް 50 އަހަރު، ރައީސްގެ ތަހުނިޔާ
Raajje

ރާއްޖެ-ސިންގަޕޫރު ސިޔާސީ ގުޅުމަށް 50 އަހަރު، ރައީސްގެ ތަހުނިޔާ

ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނިގޮތުގައި ރައީސް މުޢިއްޒު ވަނީ ސިންގަޕޫރުގެ ރައީސް އަދި ބޮޑުވަޒީރަށް ވަކިވަކިން ސިޓީފުޅު ފޮނުއްވާފައެވެ. މި ސިޓީފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވާ، ކުރިއަށް އޮތް އަ...

އަންހެނުންގެ ކޮމިޓީތަކަށް މުސާރައާއި ރޯދަ އިނާޔަތް ދިނުމަށް ބަޔާންކުރާ ބިލު ތަސްދީޤުކުރައްވައިފި
Raajje

އަންހެނުންގެ ކޮމިޓީތަކަށް މުސާރައާއި ރޯދަ އިނާޔަތް ދިނުމަށް ބަޔާންކުރާ ބިލު ތަސްދީޤުކުރައްވައިފި

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ރަސްމީ އުޖޫރައެއް ދިނުމަށާއި، ރޯދަމަހުގެ އިނާޔަތް ދިނުމަށް ބަޔާންކޮށް މަޖިލީހުން އިއްޔެ ފާާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ. ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ޒަމީރު ހުށަހެޅުއްވި މި ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރީ އިއްޔެއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދެއްކަމުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައ...

އީސީގެ ރައީސާއި ނައިބު އައްޔަންކޮށްފި
Raajje

އީސީގެ ރައީސާއި ނައިބު އައްޔަންކޮށްފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަންކުރަށްވައިފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާއި، އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިޞްލާޙުގެ ދަށުން، އެ ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ލިބިދީފައި ވަނީ ރައީސް އަށެވެ. އެ ބާރު ރައީސަށް ލިބިދީފައި ވިޔަސް، އެ މަގާމުތަކަށް މީހުން އައްޔަނުކުރެވެނީ ރައީސް ޚިޔާރުކުރަށްވާ ނަންތައް މަޖިލީހަށް ހުށަހަ...

މަޑުއްވަރީއަށް އުފުލަންދޫ، މީދޫއަށް ތާވަތާ ދީފި
Raajje

މަޑުއްވަރީއަށް އުފުލަންދޫ، މީދޫއަށް ތާވަތާ ދީފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރ.އަތޮޅު އުފުލަންދޫ އަކީ އެ އަތޮޅު މަޑުއްވަރީގެ ބައެއްކަމަށާއި، އަދި ތާވަތާ އަކީ އެ އަތޮޅު މީދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފިއެވެ. މިދިޔަ ޖެނުއަރީ މަހު ރ.އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖެނުއަރީ 22 ވަނަ ދުވަހު މަޑުއްވަރީއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައި ރައީސް ވަނީ މަޑުއްވަރީގެ އިޚްތިޞާޞްގައި އެ އަތޮޅު އުފުލަންދޫ، އަދި އެ އަތޮޅު މީދޫގެ އިޚްތިޞާޞްގައި […]

ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވި ވާހަކައަކީ ދޮގެއް: ހީނާ
Raajje

ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވި ވާހަކައަކީ ދޮގެއް: ހީނާ

ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ “ކަނޑައެޅިގެން ދޮގެއް” ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. ”ސުޕްރީމް ކޯޓުގެ ނިންމުމަށް ފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވައިފި” ސުރުޚީގެ ދަށުން އަދަދު ނޫހުގައި ޝާޢިއުކުރި ޚަބަރުގައި ބުނެފައި ވަނީ، ”ބަންޑާރަ ނައިބުގެ އޮފީހުން ވަކާލާތުކުރި ގޮތާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގ...

އާސަންދައިން ބޭސް ލިބުން ކަށަވަރުކޮށް ނިޒާމު ހަރުދަނާކުރުމުގެ ފިޔަވަޅުތަކެއް
Raajje

އާސަންދައިން ބޭސް ލިބުން ކަށަވަރުކޮށް ނިޒާމު ހަރުދަނާކުރުމުގެ ފިޔަވަޅުތަކެއް

އާސަންދައިން ބޭސް ލިބުން ކަށަވަރުކޮށް ނިޒާމު ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިންމަވައިފިއެވެ. މި ފިޔަވަޅުތައް އަޅުއްވަން ނިނެމެވީ، އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅި ކަރުދާހަކާ ގުޅިގެން މަޝްވަރާތަކަށް ފަހުގައެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ފިޔަވަޅުތަކުގެ މައިގަނޑު މަޤްޞަދަކީ އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި މާލީ ތަކުލީފުތައް ނައްތާލުމެވެ. އަދި ހަމައ...