ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އ. ވިލިނގިލި، ވައިޖެހޭގެ އަލްފާޟިލް ޔަޒްމީދު މުޙައްމަދު މިއަދު ޢައްޔަނުކުރައްވައިފިއެވެ.

ޖޭއެސްސީ އަށް ޔަޒްމީދު ޢައްޔަނުކޮށްފައި ވަނީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައެވެ.

Ad
rt

ޔަޒްމީދު އެ މަގާމަށް ޢައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޔަޒްމީދު އެ މަގާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން، ރައީސް ވަނީ މުޙައްމަދު ސަމީރު،ރ. އިނގުރައިދޫ/ހިތްވަރު، ޖޭއެސްސީގެ މެންބަރުކަމުން ވަކިކުރައްވާފައެވެ.

ޔަޒްމީދުވަނީ މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި، ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވިލިނގިލީ ދާއިރާއަށް ވާދަކުރައްވާފައެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ކެންޑިޑޭޓް އާޒިމް އަބްދުލްއަޒީޒެވެ. އޭނާ ވަނީ މިހާރު ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

ޔަޒްމީދު މީގެ ކުރިން ވަނީ ރައީސް ޔާމީންގެ ދައުރުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަން ކުރަށްވާފައެވެ.