މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ބީއެމްއެލް އެފޯޑަބަލް އިތުރު 1190 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިފި
Business

ބީއެމްއެލް އެފޯޑަބަލް އިތުރު 1190 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިފި

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 2ގައި ޢިމާރާތްކުރާ 1190 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައި، ޢަމަލީ މަސައްކަތް ރޭ ފަށައިފިއެވެ. މިކަމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސް މުޙައްމަދު މުޢިއްޒު އެވެ. މަޝްރޫޢުގެ ކޮންޓްރެކްޓަރ، ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ) ގެ ހުޅުމާލ...

ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި
Raajje

ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ޚަރަދު އަނބުރާ ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ތަންފީޒުކުރުމުގެ ގޮތުން، ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑާލައިފިއެވެ. މިކަމާ ގުޅޭ ތަފްސީލް ހާމަކުރައްވައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފްލެޓުތަކުގެ ވެރިންނަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ، ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200,000 ރުފިޔާގެ ޑިސްކައުންޓު ނ...

މެންބަރުން ވަކިކުރެވޭ 'ރިކޯލް ވޯޓު' ބިލު މި ދައުރުގައި މަޖިލީހަށް ހުށަހަޅަނީ
News

މެންބަރުން ވަކިކުރެވޭ 'ރިކޯލް ވޯޓު' ބިލު މި ދައުރުގައި މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލްތަކަށް އިންތިޚާބުކުރާ މެންބަރުން، އެ މެންބަރުންގެ ދައުރުގެ ތެރޭގައި މަގާމުން ވަކިކުރެވޭނެ އުސޫލު ނުވަތަ ‘ރިކޯލް ވޯޓު’ ބިލު ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑިމޮކްރެޓިކް ހަމަތަކަށް ބަލާއިރު ރައްޔިތުންގެ ބާރުވެރިކަން އެންމެ ބ...

އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާ ފުޅާކުރަނީ
Raajje

އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާ ފުޅާކުރަނީ

އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާ ފުޅާކުރައްވައި، 1 އެޕްރީލް 2026 އިން ފެށިގެން އިތުރު ހާލަތްތަކުގައި އާސަންދަ މެދުވެރިކޮށް އެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އާސަންދަ ސްކީމް މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުން...

މާލޭ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޝަރުތުތަކަކާއެކު ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު ހުޅުވާލަނީ
Raajje

މާލޭ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޝަރުތުތަކަކާއެކު ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު ހުޅުވާލަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން މާލޭ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ގޯތީގައި ގެދޮރު އިމާރާތްކުރުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބިންވެރިޔާ މަޝްރޫޢުން ގޯތި ލިބިފައިވާ ފަރާތްތަކަށް ހައުސިންގ ޔ...

ހުޅުމާލޭގައި ފޭސް އެކެއްގައި އަޅާ 182 އެފޯޑަބަލް ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި
Raajje

ހުޅުމާލޭގައި ފޭސް އެކެއްގައި އަޅާ 182 އެފޯޑަބަލް ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 1ގައި ޢިމާރާތްކުރާ 182 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމާއި ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސް...

ސަރުކާރުން ހުޅުމާލޭގައި އަޅާ ފުރަތަމަ ޕާކިން ބިލްޑިންގެ ބިންގާ އަޅައިފި، 1300 އުޅަނދުގެ ޕާކް ކުރެވޭނެ
Raajje

ސަރުކާރުން ހުޅުމާލޭގައި އަޅާ ފުރަތަމަ ޕާކިން ބިލްޑިންގެ ބިންގާ އަޅައިފި، 1300 އުޅަނދުގެ ޕާކް ކުރެވޭނެ

މާލޭ ސަރަޙައްދަށް ދިމާވެފައިވާ ޕާކިންގ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރާ ފުރަތަމަ ޕާކިންގ ބިލްޑިންގގެ ބިންގާ މިއަދު އަޅައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މިއަދު ހެނދުނު ހުޅުމާލޭ ފޭސް 1 ގައި ބޭއްވި މި ރަސްމިއްޔާތުގައި، ޕާކިންގ ބިލްޑިންގގެ ބިންގާ އަޅުއްވައިދެއްވައި ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީންއެވެ. މި މަޝްރޫޢަކީ މާލޭ ސަރަހައ...

''އިޞްލާޙީ މަސައްކަތް ކުރަނީ އަމިއްލަ ފަސޭހައަށް ނޫން، އެއީ ޤައުމީ މަސްލަހަތުގައި ކުރާ މަސައްކަތްތަކެއް''
Raajje

''އިޞްލާޙީ މަސައްކަތް ކުރަނީ އަމިއްލަ ފަސޭހައަށް ނޫން، އެއީ ޤައުމީ މަސްލަހަތުގައި ކުރާ މަސައްކަތްތަކެއް''

މި ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކަކީ ޒާތީ ލުއިފަސޭހައަށް ކުރައްވާ ކަންކަން ނޫންކަމަށާއި، އެއީ ޤައުމީ މަސްލަހަތުގައި ކުރައްވާ މަސައްކަތްތަކެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަންގު ޓިވީގެ ޕްރޮގްރާމް “އެސްޕްރެސޯ ވިތު ރައީސް” ގައި ރޭ، ޒުވާނުންނާ މުޚާޠިބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުން ރައީސަކު އިންތިޚާބު ކުރަނީ އެ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރެއްވުމަށް އެ ރައީސަކަށް އިތުބާރުކޮށްފައި ކަމަ...

''އަމާޒަކީ ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވުން''
Raajje

''އަމާޒަކީ ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވުން''

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވުން ކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ މި ޤައުމަށްޓަކައި ރެޔާއިދުވާލު ހިންމަތާއެކު ޚިދުމަތްކުރަމުންދާ ނޫ ލަޝްކަރުގެ ދުވަސް ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް އުފެދުނީއްސުރެ މިއަދާ ހަމަޔަށް އ...

''ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން މަޖިލިސް އިންތިޚާބު އިތުރަށް މިނިވަންވެ އިންސާފުވެރިވާނެ''
Raajje

''ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން މަޖިލިސް އިންތިޚާބު އިތުރަށް މިނިވަންވެ އިންސާފުވެރިވާނެ''

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، މިހާރަށްވުރެ މިނިވަންކަމާއި އަދުލުވެރިކަމާއެކު މަޖިލިސް މެންބަރުން އިންތިޚާބު ކުރުމުގެ ފުރުޞަތު އިތުރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސަންގު ޓިވީން ކުރިއަށް ގެންދިޔަ “އެސްޕްރެސޯ ވިތު ރައީސް” ޕްރޮގްރާމުގައި ރޭ ޒުވާނުންނާ މުޚާޠިބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމުގައި ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ބައިވެރިން ކުރި ސުވާލުތަކަށް ޖަ...

ރައީސް ގިރާވަޅު ފަޅަށް، ދެވަނަ ފިޔަވަހީގެ 35 ހެކްޓަރުގެ ބިން ހިއްކައިފި
Raajje

ރައީސް ގިރާވަޅު ފަޅަށް، ދެވަނަ ފިޔަވަހީގެ 35 ހެކްޓަރުގެ ބިން ހިއްކައިފި

ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސް އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި، ބިން ހިއްކުމާއި ވެލި އެޅުމުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ. މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)...

ޗާގޯސް އެއްބަސްވުން ބަލައިނުގަންނަކަން ރާއްޖެއިން އިނގިރޭސިވިލާތަށް ވަނީ އަންގާފައި: ބީބީސީ
International

ޗާގޯސް އެއްބަސްވުން ބަލައިނުގަންނަކަން ރާއްޖެއިން އިނގިރޭސިވިލާތަށް ވަނީ އަންގާފައި: ބީބީސީ

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުން ބަލައިނުގަންނަކަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިނގިރޭސިވިލާތަށް އަންގަވާފައިވާކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫސް ބީބިސީ އިން މިއަދު ރިޕޯޓުކޮށްފިއެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި “އިންތިހާއަށް ކަންބޮޑުވާންޖެހޭ” މި އެއްބަސްވުމާ ދެކޮޅުކަން، ލިޔުމުން ފޮނުވި ދެ އިޢުތިރާޒަކާއި، ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑޭވިޑް ލެމީއާ ފޯނުން ކުރެއްވި މަޝްވަރާއެއްގައި ރާއްޖެއިން ހާމަކޮށްފައިވާކަމަށް ރައީސް މުޙައްމަދު މު...

ވިލިމާލޭގައި 300 ފްލެޓް ހިމެނޭ 17 ބުރީގެ ތިން ޓަވަރު
Raajje

ވިލިމާލޭގައި 300 ފްލެޓް ހިމެނޭ 17 ބުރީގެ ތިން ޓަވަރު

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ވިލިމާލޭގައި ކުރިއަށްގެންދާ 300 ހައުސިންގ ޔުނިޓުގެ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ބިންގާ މިރޭ އަޅައިފިއެވެ. މިކަމަށް މިރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި ބީ.އެމް.އެލް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރް.ސީ.ސީ) ގެ އިސްވެރ...

ރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ލިބޭ ފަޚުރެއް: ރައީސް
Raajje

ރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ލިބޭ ފަޚުރެއް: ރައީސް

ދިވެހިރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ލިބޭ ބޮޑު ފަޚުރެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ ޓީބީއަކީ ރައްކާތެރިވެވޭ އަދި ފަރުވާދެވޭ ބައްޔަކަށް ވީނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން މީހުންނަށް އަދިވެސް މި ބަލީގެ އަސަރު ކުރަމުންދާ ކަމަށެވެ. މި ބަލި ނައްތާލުމުގައި ވަރުގަދަ ސިއްހީ...

ކައުންސިލްތައް އޮތީ ވެރިކަންކުރާ ބާރުގެ ތެރޭގައި ސަރުކާރަށް އެހީތެރިކަން ދިނުމަށް: ރައީސް
Raajje

ކައުންސިލްތައް އޮތީ ވެރިކަންކުރާ ބާރުގެ ތެރޭގައި ސަރުކާރަށް އެހީތެރިކަން ދިނުމަށް: ރައީސް

ކައުންސިލްތަކަކީ ވެރިކަންކުރާ ބާރުގެ ތެރޭގައި ހިމެނޭ، ސަރުކާރަށް އެހީތެރިކަން ދިނުމަށްޓަކައި އޮތް ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި ލޯކަލް ކައުންސިލްތަކުގެ އެހީތެރިކަން ނުހަނު ބޭނުންވެއެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަ...