ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވުން ކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ މި ޤައުމަށްޓަކައި ރެޔާއިދުވާލު ހިންމަތާއެކު ޚިދުމަތްކުރަމުންދާ ނޫ ލަޝްކަރުގެ ދުވަސް ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް އުފެދުނީއްސުރެ މިއަދާ ހަމަޔަށް އެކި ދުވަސްވަރު މަޤާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ނުހަނު ލޯތްބާއެކު ތަހުނިޔާއާއި ޝުކުރު ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Ad
rt

ރައީސްގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ދިވެހި ފުލުހުންގެ މުއައްސަސާއަކީ އަބަދުވެސް ހަރުދަނާ ދަރީންތަކެއް ތިބި، ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ވެގެންދިއުމެވެ.

މީގެ އިތުރުން، ރާއްޖޭގެ ރީތިކަމާއި ހިތްފަސޭހަކަން ދެކޭ ކޮންމެ ދޭސީއަކާއި ބިދޭސީއަކަށްވެސް އަމާންކަމާއި އިތުބާރު ކަށަވަރުކޮށްދިނުމުގައި، ފުލުހުންނަކީ ޒިންމާ އަދާކުރާ، ޤާބިލް ބަޔެއްގެ ގޮތުގައި ދެމިތިބުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

ދިވެހިރާއްޖޭގައި ރަސްމީކޮށް ފުލުހުންގެ ޚިދުމަތް ފެށިފައިވަނީ މީގެ 91 އަހަރު ކުރިން، 1933 ވަނަ އަހަރުގެ މާރިޗު 29 ގައެވެ. ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގެ ދަށުން، ފުލުހުން އުފެދުނީ އަދަބުވެރި ބާރެއްގެ ގޮތުގައެވެ. އެ ދުވަސްވަރުން ފެށިގެން އެތައް އަހަރެއް ވަންދެން ފުލުހުންގެ ޚިދުމަތް ހިނގަމުން އައީ ސިފައިންގެ ގޮތްޕެއްގެ ގޮތުގައެވެ. އެއީ ގިނަ ދުވަސްތަކެއް ވަންދެން "ނޭޝަނަލް ސެކިއުރިޓީ ސަރވިސް" (އެން.އެސް.އެސް) ގެ ނަމުގައެވެ.

މިއަދު މި ފެންނަ ފަދަ، ސިފައިންގެއާ ވަކިވެފައިވާ މަދަނީ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް އުފެދުނީ 1 ސެޕްޓެމްބަރު 2004 ގައެވެ. މިއީ ރާއްޖޭގެ "އިޞްލާޙީ އެޖެންޑާ" ގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ބަދަލާއެކު، ޤާނޫނު ތަންފީޒުކުރުމުގައި ޑިމޮކްރެޓިކް އަދި މުޖުތަމަޢަށް ބިނާވި އުސޫލުތަކެއް ގެންގުޅުމަށްޓަކައި، ސިފައިން (މިހާރުގެ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ނުވަތަ އެމް.އެން.ޑީ.އެފް) އާއި ފުލުހުން ވަކިކުރެވުނެވެ.

ފުލުހުންގެ ތާރީޚުގެ މުހިންމު ހަރުފަތްތައް:

1933: ފުރަތަމަ ފުލުހުންގެ ޤާނޫނު ވުޖޫދުވުން.

1972: މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ދަށުން ޚިދުމަތް އަލުން ތަރުތީބުކުރުން.

2004: އެން.އެސް.އެސް އިން ވަކިވެ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަމަށް ބަދަލުވުން.

2008: ފުލުހުންގެ ޤާނޫނު ތަޞްދީޤުކޮށް، ޒަމާނީ ޤާނޫނީ އޮނިގަނޑެއް ލިބިގެންދިއުން.