ބާރަށު އިކޯ ޓޫރިޒަމްގެ މަޝްރޫޢު ހަޤީޤަތަކަށް ހަދައިދޭނަން: ރައީސް

Dr. Muizzu

ހއ. ބާރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އިކޯ ޓޫރިޒަމްގެ މަޝްރޫޢު ހަޤީޤަތަކަށް ހަދައިދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުގައި އިއްޔެ ބާރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަޝްރޫޢު އަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅާއި އެއްގޮތައް އިންޓަރނޭޝަނަލް ބިޑަށް ހުޅުވާލައިގެން ބާރަށުގައި އިކޯ ޓޫރިޒަމްގެ މަޝްރޫޢު ހިންގަވައި، އެ މަޝްރޫޢު ހަޤީޤަތަކަށް ހަދައިދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމަޝްރޫޢު އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެ، އެ މަޝްރޫޢު ކުރިއަށްދާއިރު ބާރަށުގައި ރިންގު ރޯޑެއްވެސް ތަރައްޤީ ކުރެވިގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ ބާރަށުގެ މަސްވެރިންނަށް  ޚާއްޞަ ޖެޓީއެއް އަޅުއްވައިދެއްވައި، ވަޢުދުވެވަޑައިގެންނެވިގޮތަށް އެރަށު  ޖެޓީގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުގައި، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ހުރިހާ ކަމެއްގެ އިތުރުން، ރައްޔިތުންނަށް އެންމެ މުހިންމުކަމަށް ފާހަގަކުރާ ކަންކަން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި