Skip to main content
Topic Archive

#ނުދަންނަ އެކުވެރިޔާ

43 Stories filed
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (ފަހުބައި)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (ފަހުބައި)

ކުރީގެ އަދަދާއި ގުޅޭ: ” އަހަރެން ސިންގަލްއެއް ނޫނޭ ތައިބާ! އައިމް މެރީޑް.” ހުސެން އެހެން ބުނުމާއެކު އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަނގައިން ބުނަން ނޭނގިފައި އަހަންނަށް ހުރެވުނީ ސީދާ ހުސެންއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަނދިރިކަމުން ދެ މީހުންގެ މޫނުމައްޗަށް އަންނަމުންދާ ބަދަލުތައް އެކަކަށް ވެސް ނުފެންނަކަމީ ނަސީބެކޭ އަހަރެންގެ ހިތަށް އެރިއެވެ. ” މެ… މެރިޑް؟ ދޮގެއް ދޯ؟” ބޭއިހްތިޔާރުގައި އަހަންނަށް ހުސެންއާ ގާތަށް ޖެހިލެވުނެވެ. އޭރު މެޔަށް އުނދަގޫވާވަރަށް އަހަރެންގެ ހިތް ވެސް […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (43)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (43)

ކުރީގެ އަދަދާއި ގުޅޭ: ” ހުސެންއާ ވާހަކަ ދެއްކި ދުވަސްވަރު، ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބުނުކަން އިހްސާސް ކުރެވުނު. އޭނަ ވަރަށް ލޯބިން އަހަންނާ ސުވާލު ކުރާނެ. ތަނަކަށް ދިޔަސް ކާކާ އެކުގައިތޯ، ނިމެނީ ކޮން އިރަކުންތޯ، ސޭފްކޮށް ގެއަށް ދެވުނުތޯ ބަލާނެ. ހުސެން އަހަރެންގެ ހަޔާތުން ދިޔުމަށްފަހު، އަހަރެންގެ ދިރިއުޅުން މުޅިން ފަޅުވެއްޖެ ނޫރާ. ހުސްކަމެއް އަތުވެއްޖެ. ކޮންމެ ދުވަހަކީ ވަރަށް ފޫހި، ވަރަށް ދިގު ދުވަހަކަށް ވަނީ. އޭނައާ ނުލާ ވޭތުކުރާ ކޮންމެ ދުވަހެއް، […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (42)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (42)

ކުރީގެ އަދަދާއި ގުޅޭ: ” އެހެންވަނީ.! އޯކޭ ކޮޓަރިން އިހަށް ނިކުންނަން ބޭނުންވަނީ. އާދޭ ބޭރަށް.” އަހަރެން ބުނެލީމެވެ. އެއާއެކު ހަރުގަނޑުން ފައިބައިގެން އޭނާ ވެސް އަހަންނާއެކު ނިކުތެވެ. ހިޔާލެއް ފިކުރެއްނެތި އަހަރެން ގޮސް ދޮރު ހުޅުވީމެވެ. އެއާއެކު އަހަންނަށް ފެނުނީ ދޮރުމަތީގައި ހިނިތުންވެފައި ހުރި ހުސެންގެ ހިނިތުންވުން ގެއްލުނު މަންޒަރެވެ. ހީވީ އޭނާއަށް ވެސް ކުއްލި ސިހުމެއް ލިބުނު ހެންނެވެ. އޭނާ އަވަސް އަވަހަށް އަހަރެންގެ ފަހަތުގައި ހުރި ބިދޭސީ މީހާއާ ދިމާލަށް ބަލައިލިއެވެ. ” […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (41)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (41)

ކުރީގެ އަދަދާއި ގުޅޭ: ” ތިއީ އަހަންނަށް ވަރަށް މުހިއްމު މީހެއްގެ ގޮތުގައި ދެކުނިން. އަދި އެކަން ހުސެންއަށް އިހްސާސްވެސް ކުރެވޭނެ. އަހަންނަކީ ހުސެންގެ އަނބިމީހާކަމުގައި ނުވިޔަސް، އަނތްބަކު ފިރިޔަކަށް ކުރަންޖެހޭ ޤަދަރާއި އިޙްތިރާމް އަހަރެން ކުރިން. އަދިވެސް ކުރެވޭ. ހުސެން ސަލާމަތްވާނެ ދުވަހަކަށް އިންތިޒާރުކުރިން. އެ ޚަބަރަށް މާލެ ވެސް އައިން. އަދި އެ ދިގު އިންތިޒާރުގެ ނިމުން މިހާ ހިތި ވާނެ ކަމަކަށް ހިއެއް ނުކުރަން.  ދެން އެންމެ ހިނދުކޮޅަކު ވެސް މިތާ ހުންނާކަށް ނެތިން. […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (40)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (40)

ކުރީގެ އަދަދާއި ގުޅޭ: ” ޕްލީޒް. ވާހަކަ ދައްކަބަލަ! ހުސެންއާ ދިމާވޭތޯ އަހަރެން ހާދަ އިންތިޒާރެއް ކުރީމޭ.” އަހަރެން ބުނީމެވެ. ދެން ވެސް އޭނާ އެއްވެސް އެއްޗެއް ނުބުންޏެވެ. އިރުކޮޅަކު މަޑުކޮއްލުމަށްފަހު އަހަރެން ހުސެންއާ ކުޑަކޮށް ގާތަށް ޖެހިލީމެވެ. އެއާއެކު ހުސެން އަހަންނާ ދިމާލަށް ބަލައިލިއެވެ. ” ޕްލީޒް. ކޮންމެވެސް އެއްޗެއް ބުނެބަލަ! ” އަހަރެން އަނެއްކާ ވެސް ބުނީމެވެ. އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުސެންއަށް ހުރެވުނީ ދެ ތިން ސިކުންތަށެވެ. އޭނާ އަވަސް އަވަހަށް  ދުރަށް […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (39)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (39)

ކުރީގެ އަދަދާއި ގުޅޭ: ” އަވަސް ކޮއްލައްޗޭ.” އެހެން ބުނެ އޭނާ ފަސް އެނބުރުނީ އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުއްޓައެވެ.  ދެ މީހުންގެ ނަޒަރު ސީދާ ވުމާއެކު ވަށައިގެން ތިބި މީހުންގެ މަތިން ވެސް އަހަރެން ހަނދާން ނެތުނު ކަހަލައެވެ. އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުސެން ވެސް ހުރީ ޝޮކެއްގައިކަން ޔަގީނެވެ. ހުސެންއާ ވާހަކަ ދައްކަން ކިތަންމެ ބޭނުންވީ ނަމަވެސް، ދުލަށް ބަރުވެގެން ގޮސް ދޫ ހަރަކާތްކޮއްލާނެ ހިތްވަރު ވެސް ނުލިބުނެވެ. އެހާ ގިނަ ދުވަސްތަކަކަށް ފަހު […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (38)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (38)

ކުރީގެ އަދަދާއިގުޅޭ: ” ހުސެން އަހަންނަކަށް ދޮގެއް ނަހަދާނެ. އަދި އަހަރެން ފިޔަވައި މިހެން ، އިތުރު އަންހެނަކު ވެސް އޭނަގެ ލައިފްގައެއް ނުހުންނާނެ! ތިހެން ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް އަހަރެން ބިރެއް ނުގަނޭ! އެނގޭތަ؟ އެއީ އެހެން މީހުންނާ ހާދަ ތަފާތު މީހެކޭ. ކިތަންމެ ކުޑަ ދުވަސްކޮޅަކުން ވެސް މީހަކު ދަސްވެދާނެ އެއްނު. އަހަންނަށް ހުސެން އެނގޭ ވަރަށް ބޮޑަށް، ހުސެންއަށް އަހަރެން އެނގޭނެ. އަހަރެމެން ދެ މީހުން ނުފެނި، ބައްދަލު ނުވެ، ދިމާނުވެ ކިތަންމެ ދުވަހެއް […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (37)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (37)

ކުރީގެ އަދަދާއި ގުޅޭ: ވަގުތު ބޭކާރު ނުކޮށް، އަހަރެން ތެދުވީމެވެ. ނަމަވެސް ނަސީބު ދެރަކަމުން އެ ވަގުތު ބަހުގެ ދޮރު ލައްޕާލުމަށްފަހު ބަސް ދުއްވާލައިފިއެވެ. އެއާއެކު، ލިލީއާއެކު ވެއްޓިދާނެތީ އަހަންނަށް މަޖުބޫރުވީ ގޮނޑީގައި އިށީންނާށެވެ. އޭރު ވެސް އަހަރެން މަސައްކަތް ކުރީ ހުސެން ފެނޭތޯއެވެ. ނަމަވެސް ބާރު ދުވެލީގައި ދިޔަ ބަސް އޭނާ ފަހަނަ އަޅާ ގޮއްސިއެވެ. ބަހުން ފޭބި ގޮތަށް ފަސްއެނބުރި ވެސް އެ ފްލައިޓާ ދިމާލަށް އަހަރެން ބެލީމެވެ. ހީވާ ގޮތުން އެ ފްލައިޓް އޮތީ ނައްޓާލަން ތައްޔާރަށެވެ. […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (36)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (36)

” އަހަރެން ހުސެންދެކެ ވާ ލޯބި އޭނައަށް އިހްސާސް ކުރެވޭނެ. ” އަހަރެން ބުނީމެވެ. ” ތިހާ ދެރަވެފަ ވާހަކަ ދައްކާތީ މަ ވެސް ދެރަވެއްޖެ. ޕްލީޒް! ދެން މޫޑު ޗޭންޖްކޮއްލަބަ.” ނޫރާ ބުންޏެވެ. ނޫރާ އެހެން ބުނުމުން އަހަރެން އަވަސް އަވަހަށް ހިނިތުންވެލީމެވެ. ” އޯކޭ ވާނެ އިރުކޮޅަކުން. އަސްލު ހުސެންގެ ވާހަކަ ދެއްކީމަ ވަރަށް ދެރަވޭ މިހާރު. މިހާ ގިނަ ދުވަސް ވަންދެން ހުސެންއާ ވާހަކަ ނުދައްކާ، ނުފެނި މިހެން އުޅެން ޖެހުނަސް އަހަރެން […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (34)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (34)

ކުރީގެ އަދަދާއި ގުޅޭ: ” ޔޫ ބުނީމެއްނު ޒިޔާދުގެ ބޮސްއެކޭ ކިޔައިގެން. އަޔާ ބުނީ އެކަމަކު ބޮސްއަކީ ޒިޔާދޯ. ޒިޔާދޯ ހުރިހާ ކަމެއްގެ އަޑީގައި ހުންނަނީ. ” ނޫރާ އެހެން ބުނުމުން އަަންނަށް ކޮޅަށް ތެދުވެވުނެވެ. ގަބޫލުކުރަން ދަތިވީ ވަރުން އިތުރަށް ކުރާނެ ސުވާލެއް ވެސް ނޭނގުނެވެ. ” ޔޫއަށް އެނގޭތަ؟ ޒިޔާދުގެ އޮފީހުގައި ބިންގަރާހެއް ހުރޭ. އެތާ އެ މީހުން ޖަގަހަ ހަދައިގެން އެ ވިޔަފާރި ކުރަނީ. އެ ތަނުގައި އެ އަންހެން ގުރޫޕާއެކު ބަރަހަނާކޮށް […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (32)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (32)

ކުރީގެ އަދަދާއި ގުޅޭ: ފަތިސް ނަމާދު ބަންގިއާއެކު އަހަންނަށް ލޯ ހުޅުވާލެވުނީ ވަރުބަލިކަމާއެކުއެވެ. އޭރު ކައިރީގައި އޮތް ފޯނުން ބަންގީގެ އަޑު ނުކެނޑެއެވެ. މަޑުމަޑުން ތެދުވެ، ފާރުގައި ބުރަކަށި ޖައްސާލައިގެން އިނދެ އާދައިގެ މަތިން ހަބަރުތައް ބަލައިލީ މާ ބޮޑު އުއްމީދެއް އޮވެގެންނެއް ނޫނެވެ.. ނަމަވެސް އެންމެ ފުރަަތަމަ ވެސް އަހަންނަށް ފެނުނީ ނޫހެއްގައި ޖަހާފައި އޮތް ހުސެންގެ ފޮޓޯއެކެވެ. އެ ފޮޓޯ ފެނިފައި ވެސް އަހަރެންގެ މެޔަށް ދިޔައީ ހޫނު ވެގެންނެވެ. ހަބަރު ކިޔާލުމަށްފަހު އަހަންނަކަށް […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (31)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (31)

ކުރީގެ އަދަދާއިގުޅޭ: ” ކިތަންމެ ވަރެއް ވިޔަސް، އަނެއްކާ ޖަޒްބާތުގައި ޖެހިގެން އެ ތަނަށް ނުދައްޗޭ. އަހަރެން ބޭނުމެއް ނޫން ތި ކަމުގެ ތެރެއަށް ތައިބާ ވަންނާކަށް. ކުޑަކުޑަ ކުއްޖަކު ހުރީމަ މި ކިޔަނީ. ” ނޫރާ ބުންޏެވެ. ބައެއް ފަހަރު ނޫރާގެ ވާހަކަތައް ހުންނަ ގޮތުން އަހަރެން ހިތްހަމަ ވެސް ނުޖެހެއެވެ. ނަމަވެސް ނޫރާގެ އެއްވެސް ބަހަކަށް ދެކޮޅު ހަދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހިތްވަރުކޮއްފައި ކެތްކުރާނަމޭ އަބަދުވެސް ހިތަށް އަރައެވެ. ” ޒިޔާދުގެ ގޭ […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (30)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (30)

ކުރީގެ އަދަދާއި ގުޅޭ: ” ހުސެން އަހަރެންދެކެ ހާދަ ރުޅި އައިސްފައޭ ހުރީ. ހުސެން ހީކުރީ އަހަރެން ގަސްތުގައި އޭނާއަށް ދިން ލަނޑެއް ކަމަށް. އެކަމަކު އަހަރެން ކިހިނެއް ދެން ބުނާނީ ވެސް؟” އަހަންނަށް ބުނެވުނެވެ. ހަމަ އެ ވަގުތެވެ. ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނުގެ ސްކްރީން ފެނުމާއެކު ބިރުން ގޮސް ދެ ލޯ ބޮޑުކޮއްލެވުނެވެ. ޒިޔާދު މިހާރު އަހަންނަށް ގުޅަމުން އެ ދަނީ ފޭސްބުކްގެ މެސެންޖާއިންނެވެ. ” ކާކު؟” އަހަރެން އިން ގޮތް […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (30)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (30)

” މަންމި ކޮންތާކަށް ދަނީ؟” ތުއްތު ދަރިފުޅު ސުވާލު ކުރުމާއެކު އަހަރެން ގަދަކަމުން ހީލީމެވެ. އޭރު ވެސް ލިލީގެ މޫނުމަތީގައި ހުރީ ނިދީގެ އަސަރެވެ. ދެވޭ ނުދެވޭ ތަނެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. މަޑުކޮއްލަން ވީ ކޮން ބަނދަރެއްގައިކަމެއް ވެސް ނޭނގެއެވެ. ލިލީގެ އަތުގައި ހިފައިގެން ދުވާރުމަތިން ދިޔައިރު ވެސް ހިތުގައި އޮތް ބިރުވެރިކަމަކަށް ނިމުމެއް ނައެވެ. އެންމެ ފަހުން އަހަރެން ހިނގަން ފެށީ، ލިލީ އުރާލައިގެންނެވެ. ގެންފައިހުރި ބިރެއްގެ ބޮޑުކަމުން ދުއްވާ އެއްޗަކަށް އަރަން […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (29)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (29)

ކުރީގެ އަދަދާއި ގުޅޭ: “ޒިޔާދު ބޭނުން ދަރަޖައަކަށް އަަހަރެންދެކެ ރުޅި އާދެވިދާނެ. އެކަމަކު ހުސެންގެ ބޮލުގައި އެކަން އަޅުވާފައި އޭނަ ތި ފުލުހުންނާ ހަވާލު ކުރީ ކީއްވެ؟ އަހަރެންގެ އަތުން މަސްތުވާތަކެތި ގެނެސް މި ގެއަށް ވެއްދޭ އިރު އަހަންނަށް އެއީ ކޮންއެއްޗެއްކަން ވެސް ނޭނގެ. އެއީތަ ޒިޔާދު ތި ކުރާ މަސައްކަތަކީ؟ އެއީތަ ޒިޔާދުގެ ބޮސް ހަވާލުކުރާ ކަންތައްތައް؟” އަހަރެން ކިޔާލީ ބާރަށެވެ. ޒިޔާދު ހުސެންއަށް އެހެން ހެދުމުން ހުސެން އަހަރެންދެކެ އިންތިހާއަށް ރުޅި އައިކަން […]