Skip to main content
Topic Archive

#ނެއްލައިދޫ ކައުންސިލް

47 Stories filed
ނެއްލައިދޫގެ ތަރައްޤީގެ ޕްލޭން: ގުރުއަތުން ހޮވުނު ފަރާތްތަކަށް ބޮއިލަރާއި ތެލިސެޓްފަދަ ހަދިޔާތައްދީފި
Thiladhunmathi News

ނެއްލައިދޫގެ ތަރައްޤީގެ ޕްލޭން: ގުރުއަތުން ހޮވުނު ފަރާތްތަކަށް ބޮއިލަރާއި ތެލިސެޓްފަދަ ހަދިޔާތައްދީފި

ހދ. ނެއްލައިދޫގެ ތަރައްޤީގެ ޕްލޭން އެކުލަވައިލުމަށް ބޭއްވި ބައްދަލުވުންތަކަށް ހާޒިރުވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުން ހޮވުނު މީހުންނަށް އެ ރަށު ކައުންސިލުން ހަދިޔާތައް ދީފިއެވެ. މި ހަދިޔާތައް ހަވާލުކޮށްފައިވަނީ “ނެއްލައިދޫ ތަރައްޤީ ޕްލޭން 2021-2031” އެކުލަވައިލުމަށް ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވި ފަރާތްތަކަށެވެ. ނެއްލައިދޫ ކައުންސިލުން މި ބައްދަލުވުންތައް ފަށާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ، ބައްދަލުވުންތަކުގެ ހާޒިރީ ރަނގަޅުކޮށް،

މީރު ޕޭސްޓްރީތައް ވިއްކުމުގެ ޚާއްޞަ އިވެންޓަކާއެކު، ނެއްލައިދޫގެ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި
Thiladhunmathi News

މީރު ޕޭސްޓްރީތައް ވިއްކުމުގެ ޚާއްޞަ އިވެންޓަކާއެކު، ނެއްލައިދޫގެ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

ހދ. ނެއްލައިދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އަދި ކްރިއޭޓިވް ޕްރޮޑަކްޓްސް ގުޅިގެން އެ ރަށުގައި ކުރިއަށްގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އޮކްޓޫބަރ މަހުގެ 14 އިން 23 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ޖުމްލަ 70 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ކޯސް ކުރިއަށްގެންގޮސްފައިވަނީ ބޮޑެތި މީހުންނަށާއި ސްކޫލް ކުދިންނަށް ވަކިންނެވެ. އެގޮތުން ބޮޑެތި މީހުންގެ ބައިގައި 38 ފަރާތަކުން ބައިވެރިވި އިރު، ސްކޫލް ދަރިވަރުންނަށް ޚާއްޞަކޮށްގެން ކު...

ނެއްލައިދޫގެ ތަރައްޤީގެ ޕްލޭން ހެދުމުގައި ބައިވެރިވެގެން ހަދިޔާ ހޯދުމުގެ ފުރުޞަތު، ތެލިސެޓާއި ބޮއިލަރު ވެސް ލިބޭ
Thiladhunmathi News

ނެއްލައިދޫގެ ތަރައްޤީގެ ޕްލޭން ހެދުމުގައި ބައިވެރިވެގެން ހަދިޔާ ހޯދުމުގެ ފުރުޞަތު، ތެލިސެޓާއި ބޮއިލަރު ވެސް ލިބޭ

“ނެއްލައިދޫ ތަރައްޤީ ޕްލޭން 2021-2031” އެކުލަވައިލުމަށް ބާއްވާ ބައްދަލްވުންތަކަށް ހާޟިރުވެގެން ހަދިޔާ ހޯދުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. ނެއްލައިދޫ ކައުންސިލުން ހާމަކުރި ގޮތުގައި ބައްދަލްވުންތަކަށް ހާޟިރުވުމާއި، ބައިވެރިވުން އިތުރު ކުރުމަށްޓަކައި، މި ބައްދަލްވުންތަކަށް ހާޟިރުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ނެގޭ 15 ފަރާތަކަށް ހަދިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. ނެއްލައިދޫ ކައުންސިލުން ބުނި ގޮތުގައި ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީީ ތަރައްޤީ ޕްލޭން އެކުލަވައިލުމަށް...

ނެއްލައިދޫގައި ގަސްގަހަށްޖެހޭ ބަލިތަކާއި އެ ބަލިތަކުން ސަލާމަތްވާނެ ގޮތްތަކުގެ މައުލޫމާތު ޕްރޮގްރާމެއް
Thiladhunmathi News

ނެއްލައިދޫގައި ގަސްގަހަށްޖެހޭ ބަލިތަކާއި އެ ބަލިތަކުން ސަލާމަތްވާނެ ގޮތްތަކުގެ މައުލޫމާތު ޕްރޮގްރާމެއް

ހދ. ނެއްލައިދޫގައި، ގަސްގަހަށްޖެހޭ ބަލިތަކާއި އެ ބަލިތަކުން ސަލާމަތްވާނެ ގޮތްތަކާބެހޭ ގޮތުން ދަނޑުވެރިންނަށް ޢަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ. މިއީ ނެއްލައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ނެއްލައިދޫ ކައުންސިލް އަދި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަަޞީލަތްތަކާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި މަޢުލޫމާތު ދެއްވީ މިނިސްރީގެ ފަރާތުން ހދ.ހަނިމާދޫ ސެންޓަރުން، އެގްރިކަލްޗަރ އޮފިސަރ...

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ނިކަ ސިޓީ އުފުލާލައިފި
Thiladhunmathi News

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ނިކަ ސިޓީ އުފުލާލައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ”ނެއްލައިދޫ ކައުންސިލްކަޕް 14 ވަނަ ފުޓްބޯޅަ މުބާރާތު”ގެ ޗެމްޕިއަންކަން ނިކަ ސިޓީ ސްޕޯޓްސް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. އާދީއްތަ ދުވަހު ހަވީރު ކުޅުނު މި މުބާރާތުގެ ފައިނަލްގައި ނިކަ ސިޓީ ސްޕޯޓްސް ކްލަބާއި ބައްދަލުކޮށްފައި ކިންގް ސްޕްރިޓް އެވެ. މި މެޗު ނިކަ ސިޓީ ކާމިޔާބު ކުރީ 4-1 ލަނޑުންނެވެ. ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ޝަރަފްވެރިކޮށްދެއްވި ،މި މެޗުގައި ފުރަތަމަ ލީޑް ނެގީ ކިންގް ސްޕްރިޓުންނެވެ. […]

ނެއްލައިދޫ ކައުންސިލްކަޕް ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ހަބޭސް ހޯދައިފި
Thiladhunmathi News

ނެއްލައިދޫ ކައުންސިލްކަޕް ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ހަބޭސް ހޯދައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ”ނެއްލައިދޫ ކައުންސިލްކަޕް ތިންވަނަ ހޭންޑް ބޯލް މުބާރާތު”ގެ ޗެމްޕިއަންކަން ވާދަވެެރިކުޅުމަކަށްފަހު ޓީމް ހަބޭސް ހޯދައިފިއެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅުނު ފައިނަލްގައި ހަބޭސް އާއި ވާދަކުރީ ޑީވާސް އެވެ. މި މެޗު ކާމިޔާބުކޮށް ހަބޭސް އިން ޗެމްޕިއަންކަން ހޯދީ 33-26 ގޯލުން މެޗު ކާމިޔާބުކޮށްގެންނެވެ. ”ނެއްލައިދޫ ކައުންސިލްކަޕް ތިންވަނަ ހޭންޑް ބޯލް މުބާރާތު”ގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް...

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
Thiladhunmathi News

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ކައުންސިލް ކަޕް” ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ. ނެއްލައިދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތްތައް ފެށުމަށް ތާވަލުކޮށްފައިވަނީ 2026 ޖުލައި 17 ވަނަ ދުވަހު ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ހުރި ޓީމުތަކާއި ކުލަބުތަކުން 2026 ޖޫން 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް […...

ނެއްލައިދޫގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަނެއް
Raajje

ނެއްލައިދޫގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަނެއް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި، ހދ. ނެއްލައިދޫގައި ހާއްސަ ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަނަކީ ނެއްލައިދޫ ޕޮލިސް ޕޯސްޓާއި އެ ރަށު ކައުންސިލް ގުޅިގެން 2026 ޖަނަވަރީ 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ހދ. އަތޮޅު ޕޮލިހުން ބުނިގޮތުގައި މި ސެޝަންގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދީފައިވަނީ ރައްކާތެރިކަމާއެކު މަގު ބޭނުންކުރުމުގެ އުސޫލުތަކާއި، މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި އާންމު ފަރުދުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތު...

ނެއްލައިދޫ ކައުންސިލުން ރަށުގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފި
Thiladhunmathi News

ނެއްލައިދޫ ކައުންސިލުން ރަށުގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފި

ހދ. ނެއްލައިދޫ ކައުންސިލުން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފިއެވެ. ނެއްލައިދޫ ކައުންސިލުން މައުލޫމާތުދިން ގޮތުގައި ރަށުގައި ޖޯލިފަތި ބަހައްޓައދީފައިވަނީ ރައްޔިތުން އިށީނދެ ހިތްހަމަޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ މަޤުސަދުގައި ކަމަށެވެ. ކައުންސިލުގެ ފަރާތުން ރަށުގެ އެކި ސަރަހައްދުތަކުގައި ރައްޔިތުން އިށީނދެ ހިތްހަމަޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށާއި ދޭދޭފަރުދުންގެ މެދުގައި ގުޅުން ބަދަހިކުރު...

ނެއްލައިދޫ ކައުންސިލް އިދާރާގައި އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރަނީ
Thiladhunmathi News

ނެއްލައިދޫ ކައުންސިލް އިދާރާގައި އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރަނީ

އަމިއްލަ ތަކެތީގައި، ހދ.ނެއްލައިދޫ ކައުންސިލްގެ އިދާރާގައި އިރުގެ ހަކަތައިން (ސޯލާ) ކަރަންޓް އުފައްދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލް އިދާރާއިން އިއުލާނުކޮށްފިއެވެ. މިގޮތުން މި މަސައްކަތަަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމުން ނެއްލައިދޫ ކައުންސިލް އިދާރާއިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 21 ސެޕްޓެމްބަރ 2025 ން 08 ސެޕްޓެމްބަރ 2025 ގެ 13:00 ގެ ނިޔަލަށް https://forms.o...

ތިލަދެކުނު ޤުރްއާން މުބާރާތުގައި ރަށް ތަމްސީލްކުރުމަށް ނެއްލައިދޫ ކައުންސިލުން 10,000 ރުފިޔާގެ އެހީއެއް
Thiladhunmathi News

ތިލަދެކުނު ޤުރްއާން މުބާރާތުގައި ރަށް ތަމްސީލްކުރުމަށް ނެއްލައިދޫ ކައުންސިލުން 10,000 ރުފިޔާގެ އެހީއެއް

ތިލަދެކުނު ޤުރުއާން މުބާރާތް 1447 ގައި ބައިވެރިވާ ހދ. ނެއްލައިދޫ ސްކޫލުގެ ދަރިވަރުންނަށް އެ ރަށު ކައުންސިލުން 10،000 ރުފިޔާ ހަދިޔާކޮށްފިއެވެ. މި މުބާތް ބާއްވަން ހަމަޖެހިފައި ވަނީ މި އޮގަސްޓް މަހު 11 އިން 14 ގެ ނިޔަލަށް ހދ. މަކުނުދޫގައެވެ. މިއީ މި ޤުރުއާން މުބާރާތުގައި ވާދަކުރާ އެ ރަށު ސްކޫލުގެ ކުދިންނަށް އެހީތެރިވެދިނުމުގެ ގޮތުން ނެއްލައިދޫ ކައުންސިލުން ވެފައިވާ އެހީއެކެވެ. ނެއްލައިދޫ ކައުންސިލުން ބުނެފައިވަނީ، މި ޤުރުއާން މުބާރާތުގައި ނެއްލައިދޫ ސްކޫލް ތަމްސީލުކުރާ ދަރިވަރުން […]

ނެއްލައިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން ބިން ހަވާލުކޮށްފި
Thiladhunmathi News

ނެއްލައިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން ބިން ހަވާލުކޮށްފި

ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން ބިން އެ މަސައްކަތު ކޮންޓެކްޓަރ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. އެ ބިން އެމްޓީސީސީއާއި ހަވާލުކުރުމަށްޓަކައި މިއަދު ވަނީ ނެއްލައިދޫގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، އިސްމާއިލް ޝަރީފްއެވެ. ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރ...

ނެއްލައިދޫގެ ބެލެނިވެރިންނަށް، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި ގުޅޭ މައުލޫމާތު ދީފި
Thiladhunmathi News

ނެއްލައިދޫގެ ބެލެނިވެރިންނަށް، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި ގުޅޭ މައުލޫމާތު ދީފި

އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވައި ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ނެއްލައިދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. ނެއްލައިދޫ ޕޮލިސް ޕޯސްޓާއި އެ ރަށު ކައުންސިލް ގުޅިގެން މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި ސެޝަންގައި ނެއްލައިދޫ ސްކޫލްގެ 87 ބެލެނިވެރިއަކު ވަނީ ބައިވެރިވެފައެވެ. މި ސެޝަނުގައި، އިންޓަނެޓާ ގުޅޭ މައުލޫމާތާއި، ރައްކާތެރިގޮތުގައި އިން...

ނެއްލައިދޫ ކައުންސިލް ކަޕްގެ ތަށި ނިކަ ސިޓީއިން އުފުލާލައިފި
Thiladhunmathi News

ނެއްލައިދޫ ކައުންސިލް ކަޕްގެ ތަށި ނިކަ ސިޓީއިން އުފުލާލައިފި

ހދ. ނެއްލައިދޫގައި ބޭއްވުނު 12 ވަނަ ނެއްލައިދޫ ކައުންސިލް ކަޕްގެ ތަށި ނިކަ ސިޓީ ސްޕޯޓްސް ކްލަބުން އުފުލާލައިފި އެވެ. މިމަހުގެ 15 ވަނަ ދުވަހު ފެށި ނެއްލައިދޫ ކައުންސިލް ކަޕްގައި 6 ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ، ކްލަބް ރެފިއުޖީ، ނިކަ ސިޓީ ސްޕޯޓްސް ކްލަބް، އެފްސީ ދުއްމާރި، އެފްސީ، ފަލްކަން، އެފްސީ ފްރެންޑްސް އަދި ކިންގް ސްޕިރިޓް އެވެ. ފައިނަލު މެޗުގައި ކިންގް ސްޕްރިޓް އާއި ބައްދަލުކޮށް 0-4 ގެ ތަފާތު ނަތީޖާ އިން މެޗް […]

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ނެއްލައިދޫ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޓީމް ތަކަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން، ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު އަންނަ ޖޫން މަހުގެ ދިހަވަނަ...