ހދ. ނެއްލައިދޫގައި ބޭއްވުނު 12 ވަނަ ނެއްލައިދޫ ކައުންސިލް ކަޕްގެ ތަށި ނިކަ ސިޓީ ސްޕޯޓްސް ކްލަބުން އުފުލާލައިފި އެވެ.

މިމަހުގެ 15 ވަނަ ދުވަހު ފެށި ނެއްލައިދޫ ކައުންސިލް ކަޕްގައި 6 ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ، ކްލަބް ރެފިއުޖީ، ނިކަ ސިޓީ ސްޕޯޓްސް ކްލަބް، އެފްސީ ދުއްމާރި، އެފްސީ، ފަލްކަން، އެފްސީ ފްރެންޑްސް އަދި ކިންގް ސްޕިރިޓް އެވެ.

Ad
rt

ފައިނަލު މެޗުގައި ކިންގް ސްޕްރިޓް އާއި ބައްދަލުކޮށް 0-4 ގެ ތަފާތު ނަތީޖާ އިން މެޗް ކާމިޔާބު ކުރީ ނިކަ ސިޓީ ސްޕޯޓްސް ކްލަބުންނެވެ.

މުބާރާތުގެ ވަނަތައް:

ބެސްޓް ފޯވަޑް:
ޒައިން ޒަފަރު (ޖާރޒީ ނަންބަރު 66) - ނިކަ ސިޓީ އެސް.ސީ

ޓޮޕް ސްކޯރަރ:
ޒައިން ޒަފަރު (ޖާރޒީ ނަންބަރު 66) - ނިކަ ސިޓީ، 6 ގޯލް

ބެސްޓް މިޑްފީލްޑަރ:
އަރީން އަބްދުﷲ އިބްރާހިމް (ޖާރޒީ ނަންބަރު 11) - ކިންގް ސްޕިރިޓް

ބެސްޓް ޑިފެންޑަރ:
މުޙައްމަދު ރަޝީދު (ހޮކީ) (ޖާރޒީ ނަންބަރު 19) - ނިކަ ސިޓީ

ބެސްޓް ގޯލްކީޕަރ:
އިސްމާޢީލް ރާއިފް (ޖާރޒީ ނަންބަރު 18) - ކިންގް ސްޕިރިޓް

ބެސްޓް ޕްރޮމިސިންގް ޕްލޭޔަރ:
މުޙައްމަދު ނަހުޒާން (ޖާރޒީ ނަންބަރު 17) - ނިކަ ސިޓީ

ބެސްޓް ޕްލޭޔަރ އޮފް ދަ ޓޯނަމަންޓް:
މުޙައްމަދު ނަހުޒާން (ޖާރޒީ ނަންބަރު 17) - ނިކަ ސިޓީ

ބެސްޓް ސަޕޯޓަރސް ޓީމް:
އެފްސީ ދުއްމާރި

ފެއަރ ޕްލޭ ޓީމް:
ނިކަ ސިޓީ އެސް.ސީ

ނިކަ ސިޓީ އެސް.ސީގެ ޑިފެންސް ލައިންގައި މިއަހަރު ކުރީގެ ޤައުމީ ޓީމުގެ ޑިފެންޑަރ މުޙައްމަދު ރަޝީދު (ހޮކީ) ކުޅުނުކަން ފާހަގަކުރެވެއެވެ. މިފަދަ ކުޅުންތެރިން ނެއްލައިދޫ ކައުންސިލް ކަޕްގައި ވާދަކުރުމަކީ މި މުބާރާތުގެ ފެންވަރު ގަދަވެފައިވާކަން ހާމަވާ ކަމެކެވެ.

މިއީ 2017 ވަނަ އަހަރުން ފެށިގެން ނެއްލައިދޫ ކައުންސިލް ކަޕްގައި ނިކަ ސިޓީން ވާދަކޮށް 4 ވަނަ ފަހަރަށް ފައިނަލްގައި ކުޅެގެން ލިބުނު ކާމިޔާބީއެކެވެ.

ނިކަ ސިޓީއަށް މީގެ ކުރިން ލިބިފައިވާ ކާމިޔާބީތަކުގެ ތެރޭގައި 2017 ގައި ފެއަރ ޕްލޭ ޓީމް، 2018 އަދި 2019 ގައި ރަނަރަޕް ޓީމް، 2022 ގައި ސެމީ ފައިނަލްއިން ބަލިވުން، އަދި 2023 ގައި ރަނަރަޕް ޓީމްގެ މަޤާމު ހިމެނެއެވެ.

ފާއިތުވި 3 އަހަރުވެސް ޗެމްޕިއަންކަންނަގާ އެފްސީ ފްރެންޑްސް އިންވަނީ މި މުބާރާތުގެ ތަށި މިލްކުކޮށްފަ އެވެ.