މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި، ހދ. ނެއްލައިދޫގައި ހާއްސަ ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަނަކީ ނެއްލައިދޫ ޕޮލިސް ޕޯސްޓާއި އެ ރަށު ކައުންސިލް ގުޅިގެން 2026 ޖަނަވަރީ 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

Ad
rt

ހދ. އަތޮޅު ޕޮލިހުން ބުނިގޮތުގައި މި ސެޝަންގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދީފައިވަނީ ރައްކާތެރިކަމާއެކު މަގު ބޭނުންކުރުމުގެ އުސޫލުތަކާއި، މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި އާންމު ފަރުދުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އިމްތިހާނުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ވެސް ބައިވެރިންނަށް ވަނީ އިރުޝާދު ދީފައެވެ.

ނެއްލައިދޫ ޕޮލިސް ޕޯސްޓުގެ ފުލުހުން އެރަށު ގޭގެއަށް ޒިޔާރަތްކުރުމުގެ ހާއްސަ ހަރަކާތެއް

ނެއްލައިދޫގެ ޖުމުލަ 30 ފަރާތަކުން ބައިވެރިވި މި ސެޝަނަކީ އެ ރަށުގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދުއްވާ މީހުންނާއި ހިނގާ މީހުންގެ ސަލާމަތަށްޓަކައި ކުރިއަށް ގެންދެވުނު މުހިންމު ހަރަކާތެކެވެ.

މިފަދަ ސެޝަންތަކުގެ ސަބަބުން މަގުމަތީގެ ގަވާއިދުތަކަށް އާންމުން އަހުލުވެރިވެ، ނުރައްކާތެރި ހާދިސާތައް މަދުވުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ނެއްލައިދޫ ޕޮލިހުން ވަނީ މީގެ ކުރިން ވެސް މިފަދަ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.