މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ނަރުދޫ ކައުންސިލް

50 Stories filed
ނަރުދޫ ކައުންސިލުގެ އިދާރާ ވެބްސައިޓު ފަރުމާކުރަން ހަވާލުކޮށްފި
Thiladhunmathi News

ނަރުދޫ ކައުންސިލުގެ އިދާރާ ވެބްސައިޓު ފަރުމާކުރަން ހަވާލުކޮށްފި

ށ. ނަރުދޫ ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް ފަރުމާކޮށް، ތައްޔާރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. ނަރުދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ އެ ރަށަށް ނިސްބަތްވާ ކުންފުންޏެއް ކަމަށްވާ ކުއޮމެޓިކް އާއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކައުންސިލްގެ ވެބްސައިޓް ހަދައި، ކުރިއަށް އޮތް 18 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަން ޖެހެއެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 43,200.00ރ. (ސާޅީސް ތިންހާސް ދުއިސައްތަ ރުފިޔާ) އެވެ. މިއީ ކައުންސިލްގެ […]

ނަރުދޫ އަށް ތާރީޚީ ސިޔާސީ ބަދަލެއް، މެޖޯރިޓީ ޕީއެންސީއަށް
Thiladhunmathi News

ނަރުދޫ އަށް ތާރީޚީ ސިޔާސީ ބަދަލެއް، މެޖޯރިޓީ ޕީއެންސީއަށް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގައި ށ. ނަރުދޫ ކައުންސިލްގެ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން ނަރުދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް، މިހާރުގެ ވެސް ރައީސް މުހައްމަދު މުޝްތަރުސިދު އެވެ. އޭނާ 67 އިންސައްތަ (272 ވޯޓު) ހޯދާފައިވާއިރު، ދެން އެ މަގާމަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން ޝުހަ...

ނަރުދޫގައި 'އަސާސީ ދަނޑު' މިހާރު އޮތް ފަރާތްތަކަށް އިތުރު ފުރުސަތެއް
Thiladhunmathi News

ނަރުދޫގައި 'އަސާސީ ދަނޑު' މިހާރު އޮތް ފަރާތްތަކަށް އިތުރު ފުރުސަތެއް

ށ. ނަރުދޫ ކައުންސިލުން އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ “އަސާސީ ދަނޑު” ތަކުގެ ތެރެއިން، މިހާރު ދަނޑު އޮވެ ފޯމު ހުށަނޭޅި ތިބި ފަރާތްތަކަށް އެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ. މިއީ 2024 ވަނަ އަހަރު ހުޅުވާލި ފުރުސަތުގައި އެކި ސަބަބުތަކާ ހުރެ ފޯމު ހުށަނޭޅި ތިބި ފަރާތްތަކަށް ދިން ފުރުސަތެކެވެ. ނަރުދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، 5 ނޮވެންބަރު 2024 ގައި އާންމުކޮށްފައިވާ “ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުސޫލު” ގެ 5 […]

ރަމަޟާން މަހަށް ކަރާ ހެއްދުމަށް ނަރުދޫން ދަނޑުދޫކުރަން ހުޅުވާލައިފި
Raajje

ރަމަޟާން މަހަށް ކަރާ ހެއްދުމަށް ނަރުދޫން ދަނޑުދޫކުރަން ހުޅުވާލައިފި

1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ކަރާ އަދި ކިޔުކަންބާ ފަދަ ބާވަތްތައް ހެއްދުމަށް ނަރުދޫން ދަނޑު ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ އިން ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ރޯދަ މަހަށް ބޭނުންވާ ތަކެތި ހައްދައި، ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ. ނަރުދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި އަހަރުވެސް ދަނޑު ދިނުމަށް ހަމަޖެހިފައިވަނީ “ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުޞޫލު...

ނަރުދޫ އިޖްތިމާޢީ ސަރަޙައްދުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ހަވާލުކޮށްފި
Thiladhunmathi News

ނަރުދޫ އިޖްތިމާޢީ ސަރަޙައްދުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ހަވާލުކޮށްފި

ށ. ނަރުދޫ އިޖްތިމާޢީ ސަރަހައްދުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ނަރުދޫ ކައުންސިލުން ހަވާލުކޮށްފައިވަނީ އެލިސްޓަރ އިންވެސްޓްމަންޓް އާއެވެ. 18 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ނަރުދޫ ކައުންސިލުން އެލިސްޓަރ އިންވެސްޓްމަންޓް އާއި ހަވާލުކުރި މި މަސައްކަތުގެ މަގުސަދަކީ، ނަރުދޫ ރައްޔިތުން އާންމުކޮށް އެއްވެ އުޅޭ، އިޖްތިމާޢީ ސަރަހައްދުތައް އަލިކުރުމެވެ. އެގޮތުން މި މަސައްކަތުގެ ޖުމްލަ އަގަކީ 137،905 (އެއްލައްކަ ތިރީސް ހަތްހާސް ނުވަސަތޭކަ...

ނަރުދޫ މަގުތަކާއި ގޯޅިތަކުގެ ނަންބޯޑު ހެދުމަށް ހަވާލުކޮށްފި
Thiladhunmathi News

ނަރުދޫ މަގުތަކާއި ގޯޅިތަކުގެ ނަންބޯޑު ހެދުމަށް ހަވާލުކޮށްފި

ށ. ނަރުދޫ މަގުތަކާއި ގޯޅިތަކުގެ ނަންބޯޑު ހެދުމުގެ މަސައްކަތް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ. އެގޮތުން އެ ރަށުގެ މަގުތަކުގައާއި ގޯޅިތައް ވަކިވާނެހެން ނަންބޯޑު ހަރުކުރުމަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ށ. ފުނަދޫ، ކޮމްބައިން ޕްރިންޓަރސް އަށެވެ. މި މަސައްކަތް ހަވާލުކުރުމުގެ ގޮތުން ނަރުދޫ ކައުންސިލުގެ ފަރާތުން ވަނީ ކޮމްބައިން ޕްރިންޓަރސް އާއި ބައްދަލުކޮށް މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، 20 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި...

ނަރުދޫ ބަނދަރު ހިޔާ ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނަރުދޫ ބަނދަރު ހިޔާ ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ނަރުދޫގައި ޤާއިމްކޮށްފައިވާ ބަނދަރު ހިޔާ އަމިއްލަ ތަކެތީގައި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ނަރުދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ. ނަރުދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ނަރުދޫ ބަނދަރު ހިޔާ ތަރައްޤީ ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުގެ ފުރުޞަތު ހުޅުވާލައި މި މަޝްރޫޢުއަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށްކަމަށެވެ. އެގޮ...

ށ.އަތޮޅު ކައުންސިލްގެ އެހީގައި ނަރުދޫގައި ކުނި މެނޭޖްކުރަން ބޭނުންކުރުމަށް ދެ އުޅަނދު ހޯދައިފި
Thiladhunmathi News

ށ.އަތޮޅު ކައުންސިލްގެ އެހީގައި ނަރުދޫގައި ކުނި މެނޭޖްކުރަން ބޭނުންކުރުމަށް ދެ އުޅަނދު ހޯދައިފި

ށ. ނަރުދޫ ކައުންސިލުން ކުރިއަށް ގެންދާ ކުނި މެނޭޖުކުރުމުގެ ޕްރޮގްރާމް ހަރުދަނާކުރުމަށް ބޭނުންވާ ދެ ވެހިކަލު ރަށަށް ގެންގޮސް ބޭނުންކުރަންފަށައިފިއެވެ. އެގޮތުން ނަރުދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަށް ޙާއްސަކޮށްގެން ބޭނުންކުރަން ފަށާފައިވަނީ 2 ރަށު ޕިކަޕެވެ. ނަރުދޫ ކައުންސިލުން ބުނިގޮތުގައި މި ވެހިކަލްތައް ހޯދާފައި ވަނީ އެ އަތޮޅު ކައުންސިލުން ދިން 100،000.00 ރ. (އެއްލައްކަ ރުފިޔާ) ގެ ފައިސާގެ އެހީގައެވެ. މިގޮތުން އަތޮޅު ކައުންސިލްގެ އެހީގައި ނަރުދޫ ކައުންސިލުން ވަނީ ކުނި...

ނަރުދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ލެއިޓް ވުލްފް ހޯދައިފި
Thiladhunmathi News

ނަރުދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ލެއިޓް ވުލްފް ހޯދައިފި

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ލެއިޓް ވުލްފް ހޯދައިފިއެވެ. މިއަދު ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ލެއިޓް ވުލްފް ބައްދަލުކޮށްފައި ވަނީ ބްލެކް ކޯނާ އެވެ. ރާއްޖޭގައި އެންމެ މޮޅަށް ފުޓްސަލް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ކުޅުން ފެނިގެން ދިޔަ ފޯރިގަދަ މި މުބާރާތުގެ ތަށި ލެއިޓް ވުލްފް ހޯދީ ބްލެކް ކޯނާގެ މައްޗަށް 3-0 އިން ކުރި […]

ނަރުދޫ ފުޓްސަލް: ބޮޑު ތަފާތަކުން މޮޅުވެ ލެއިޓް ވުލްފް ފައިނަލަށް
Thiladhunmathi News

ނަރުދޫ ފުޓްސަލް: ބޮޑު ތަފާތަކުން މޮޅުވެ ލެއިޓް ވުލްފް ފައިނަލަށް

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފުޓްސަލް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލެއިޓް ވުލްފް ހޯދައިފިއެވެ. ނަރުދޫ ފުޓްސަލް ދަނޑުގައި މިރޭ ސެމީގެ ދެވަނަ މެޗުގައި ލެއިޓް ވުލްފް ބައްދަލުކޮށްފައި ވަނީ ދަ ބެންޗް އާއެވެ. ލެއިޓް ވުލްފް ފައިނަލުގެ ދެވަނަ ޖާގަ ހޯދީ 7-2 ލަނޑުން ދަ ބެންޗްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގައި ދަ ބެންޗްގެ ލަނޑުތައް ޖަހައިދީފައި ވަނީ ތަސްމީން އަދި ނާއިލް އެވެ. […]

ނަރުދޫ ފުޓްސަލް: ފައިނަލުގެ ފުރަތަމަ ޖާގަ ބްލެކް ކޯނާ އަށް
Thiladhunmathi News

ނަރުދޫ ފުޓްސަލް: ފައިނަލުގެ ފުރަތަމަ ޖާގަ ބްލެކް ކޯނާ އަށް

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ބްލެކް ކޯނާ އިން ކަށަވަރުކޮށްފިއެވެ. ފައިނަލުގެ ފުރަތަމަ ޖާގަ ބްލެކް ކޯނާ އިން ކަށަވަރު ކުރީ މިއަދު ކުޅެނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ފިއުރިޔަސްގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. މިއަދު ހަވީރު ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ، ބްލެކް ކޯނާގެ ޖާޒީ ނަންބަރު 14، […]

ނަރުދޫ ފުޓްސަލް: ސެމީގައި ފިއުރިޔަސް އާއި ބްލެކް ކޯނާ އަދި ލެއިޓް ވުލްފާއި ދަ ބެންޗް
Thiladhunmathi News

ނަރުދޫ ފުޓްސަލް: ސެމީގައި ފިއުރިޔަސް އާއި ބްލެކް ކޯނާ އަދި ލެއިޓް ވުލްފާއި ދަ ބެންޗް

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފުޓްސަލް މުބާރާތުގެ ސެމީގައި ފިއުރިޔަސްއާއި ބްލެކް ކޯނާ ވާދަކުރަން ޖެހުނުއިރު، ލެއިޓް ވުލްފާއި ދަ ބެންޗް ބައްދަލު ކުރަން ޖެހިއްޖެއެވެ. މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެއްވަނަ ހޯދާ ޓީމާއި ހަތަރުވަނަ ހޯދާ […]

ނަރުދޫ ސްޕޯޓްސް ފިއެސްޓާ ފުޓްސަލް މުބާރާތުގެ ސެމީއަށް ޓީމްތައް ހޮވިއްޖެ
Thiladhunmathi News

ނަރުދޫ ސްޕޯޓްސް ފިއެސްޓާ ފުޓްސަލް މުބާރާތުގެ ސެމީއަށް ޓީމްތައް ހޮވިއްޖެ

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް ޓީމްތައް ހޮވިއްޖެއެވެ. މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެއްވަނަ ހޯދާ ޓީމާއި ހަތަރުވަނަ ހޯދާ ޓީމެވެ. ދެވަނަ ސެމީގައި ވާދަކުރާނީ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. ސެމީ […]

ފިއުރިޔަސްއާއި ލެއިޓް ވުލްފް އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި
Thiladhunmathi News

ފިއުރިޔަސްއާއި ލެއިޓް ވުލްފް އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ގައި ލެއިޓް ވުލްފާއި ފިއުރިޔަސް އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ލެއިޓް ވުލްފާއި ދަ ބެންޗެވެ. މި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކުރީ ލެއިޓް ވުލްފުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ލެއިޓް ވުލްފްގެ ޖޯޒީ ނަމްބަރު […]

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ: ޗެމްޕިއަން ފިއުރިޔަސް މުބާރާތް ފެށީ މޮޅަކުން
Thiladhunmathi News

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ: ޗެމްޕިއަން ފިއުރިޔަސް މުބާރާތް ފެށީ މޮޅަކުން

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ގައި ޗެމްޕިއަން ފިއުރިޔަސް އިން ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. މުބާރާތުގައި ފިއުރިޔަސް އިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ރޭ ނުކުމެފައި ވަނީ ދަ ބެންޗާއި ދެކޮޅަށެވެ. އެ މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައި ވަނީ ފިއުރިޔަސް އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފިއުރިޔަސް ޓީމަށް ކުޅެމުން އަންނަ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ […]