ނަރުދޫ ފުޓްސަލް: ބޮޑު ތަފާތަކުން މޮޅުވެ ލެއިޓް ވުލްފް ފައިނަލަށް

ސެމީގެ ދެވަނަ މެޗުގެ މޮޅު ކުޅުންތެރިޔާ ނާއިޒް
ސެމީގެ ދެވަނަ މެޗުގެ މޮޅު ކުޅުންތެރިޔާ ނާއިޒް

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ''ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024'' ފުޓްސަލް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލެއިޓް ވުލްފް ހޯދައިފިއެވެ.

ނަރުދޫ ފުޓްސަލް ދަނޑުގައި މިރޭ ސެމީގެ ދެވަނަ މެޗުގައި ލެއިޓް ވުލްފް ބައްދަލުކޮށްފައި ވަނީ ދަ ބެންޗް އާއެވެ.

ލެއިޓް ވުލްފް ފައިނަލުގެ ދެވަނަ ޖާގަ ހޯދީ 7-2 ލަނޑުން ދަ ބެންޗްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގައި ދަ ބެންޗްގެ ލަނޑުތައް ޖަހައިދީފައި ވަނީ ތަސްމީން އަދި ނާއިލް އެވެ. ލެއިޓް ވުލްފްގެ ތިން ކުޅުންތެރިން ކަމަށްވާ ޖުނައިދު، އައްޒާމް، އަޒުމޫން ކޮންމެ ކުޅުންތެރިޔަކު 1 ލަނޑު ޖަހައިދީފައިވާއިރު ނާއިޒް ވަނީ 4 ލަނޑު ޖަހައިދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ، ލެއިޓް ވުލްފް އަށް 4 ލަނޑު ޖަހައިދިން ނާއިޒް އެވެ.

ފޯރިގަދަ ސެމީ ފައިނަލް ދެވަނަ މެޗުގެ ލެއިޓް ވުލްފް ކާމިޔާބު ކުރުމުން އެ ޓީމުން ފައިނަލްގައި ކުރިމަތިލާން ޖެހޭނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި ބްލެކް ކޯނާ އާއެވެ.

ރާއްޖޭގައި އެންމެ މޮޅަށް ފުޓްސަލް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ކުޅެމުން އަންނަ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި