ށ. ނަރުދޫ ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް ފަރުމާކޮށް، ތައްޔާރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
ނަރުދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ އެ ރަށަށް ނިސްބަތްވާ ކުންފުންޏެއް ކަމަށްވާ ކުއޮމެޓިކް އާއެވެ.
މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކައުންސިލްގެ ވެބްސައިޓް ހަދައި، ކުރިއަށް އޮތް 18 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަން ޖެހެއެވެ.
މި މަޝްރޫއުގެ ޖުމްލަ އަގަކީ 43,200.00ރ. (ސާޅީސް ތިންހާސް ދުއިސައްތަ ރުފިޔާ) އެވެ.
މިއީ ކައުންސިލްގެ މަސައްކަތްތަކާއި، ރަށާ ގުޅޭ މައުލޫމާތުތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ވެބްސައިޓް ހަދައި ނިންމުމުގެ އިތުރުން، އެ ސައިޓް ބެލެހެއްޓުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ. އެގޮތުން 24 މަސް ދުވަހުގެ (ދެ އަހަރު) މުއްދަތަށް މެއިންޓެއިނެންސް އަދި ސަޕޯޓްގެ ހިދުމަތް ކުއޮމެޓިކްގެ ފަރާތުން ކައުންސިލަށް ފޯރުކޮށްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!