ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލާއި، އެ އަތޮޅު ކޮމަންޑޫ ސިއްޚީ މަރުކަޒު ގުޅިގެން ކޮމަންޑޫގައި އައުޓްރީޗް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ކޮމަންޑޫ ސިއްޚީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބުދަ ދުވަހުއެވެ.

Ad
rt

އެގޮތުން ކޮމަންޑޫ ސިއްޚީ މަރުކަޒުން މިމަހުގެ 25 ވަނަ ދުވަހު ވަނީ މި ޕްރޮގްރާމްގެ ދަށުން ޑޮކްޓަރަށް ދައްކަވަން ބޭނުން ފުޅުވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުސަތުވެސް ހުޅުވާލަފައެވެ. ކޮންމެ ޑޮކްޓަރަކަށް ދެއްކުމަށް އެންމެ ގިނަ ވެގެން ދޫކޮށްފައިވަނީ 15 ނަންބަރެވެ. ނަންބަރު ދޫކޮށްފައިވަނީ އެޕޮއިންޓްމެންޓް ހައްދާފައިވާ ތަރުތީބުންނެވެ.

މި ޕްރޮގްރާމްގައި އަންހެނުންގެ ޙާއްސަ ޑޮކްޓަރާއި، ކަށީގެ ޙާއްސަ ޑަކްޓަރާއި، ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރާއި، އެތެރެ ހަށީގެ ޙައްސަ ޑަކްޓަރާއި، ސާރޖަން އަދި ސްކޭން ކުރުމުގެ ޙިދުމަތް ދީފައިވާ ކަމަށް އެމަރުކަޒުން ބުނެފައިވެއެވެ.

މީގެ އިތުރުން އެމަރުކަޒުން ވަނީ މި ފަދަ ދަތި އުދަނގޫ ދުވަސްވަރެއްގައި ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން މިފަދަ ޕޮރޮގްރާމެއް ހިންގަވާދެއްވީތީ ސަރުކާރަށާއި ހެލްތް މިނިސްޓްރީ އަދި ށ.އަތޮޅު ހޮސްޕިޓަލަށް ކޮމަންޑޫ ރައްޔިތުންނާއި އެމަރުކަޒުގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުން ގެންދަވަނީ މިފަދަ ގިނަ އައުޓްރީޗް ޕްރޮގްރާމްތަކެއް ހިންގަވަމުންނެވެ.