މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހެލްތް މިނިސްޓްރީ

294 Stories filed
ލޭ އެޅުމުގެ ޚިދުމަތްތަކުގެ ތަފާސްހިސާބުތައް ޑިޖިޓަލައިޒްކޮށްފި
Raajje

ލޭ އެޅުމުގެ ޚިދުމަތްތަކުގެ ތަފާސްހިސާބުތައް ޑިޖިޓަލައިޒްކޮށްފި

ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒަކުން ދެމުންދާ ޚިދުމަތްތަކުގެ ތަފާސްހިސާބްތައް ޑިޖިޓަލައިޒްކޮށް ބަލަހައްޓަން ފަށައިފިއެވެ. ސިއްޙަތާބެހޭ ވުޒާރާއިން ވަނީ ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒަކުން ދެމުންދާ ޚިދުމަތްތަކުގެ ތަފާސްހިސާބްތައް ޑިޖިޓަލައިޒްކޮށް ބަލަހައްޓަން ފަށާފައިވާކަން މިއަދު ޢިއުލާންކޮށްފައެވެ. މިކަން ޢިއުލާންކުރެއްވީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅިގެން މިއަދު ޤައުމީ ޔުނިވަރސިޓީގައި ބޭއްވުނު ރަސްމިއްޔާތުގައި ސިއްހަތާ ބެހޭ ވުޒާ...

ހުރިހާ އަތޮޅަކުން ޑައިލިސިސް ހެދޭނެގޮތް ސެޕްޓެންބަރުގެ ނިޔަލަށް ހަދަނީ
Raajje

ހުރިހާ އަތޮޅަކުން ޑައިލިސިސް ހެދޭނެގޮތް ސެޕްޓެންބަރުގެ ނިޔަލަށް ހަދަނީ

އަންނަ ސެޕްޓެންބަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ޑައިލިސިސް ސެންޓަރު ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ކިޑްނީ ބަލިމީހުންނަށް ގިނަ ސަރަހައްދުތަކުން ޑައިލިސިސްގެ ޚިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައްޔިތުން ރައީސް ޑރ. މުޢިއްޒު ގެ އަރިހުގައި އެދިފައިވާ ކަމަށެވެ....

ރާއްޖެއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނިއްޖެ
Raajje

ރާއްޖެއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނިއްޖެ

ރާއްޖެއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ. އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ނުރައްކާތެރި ބައްޔެކެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، މި ބަލީގެ ކޭސް ފެނުމާ ގުޅިގެން ކަމާ ބެހޭ މަޢުލޫމާތު އެއްކުރުމާއި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން...

މުރައިދޫ، ތަކަންދޫ، މޮޅަދޫ އަދި ނޭކުރެންދޫ ސިއްހީ މަރުކަޒު ބޮޑުކުރަން ފެނަކަ އާއި ހަވާލުކޮށްފި
Business

މުރައިދޫ، ތަކަންދޫ، މޮޅަދޫ އަދި ނޭކުރެންދޫ ސިއްހީ މަރުކަޒު ބޮޑުކުރަން ފެނަކަ އާއި ހަވާލުކޮށްފި

ހއ. މުރައިދޫ، ތަކަންދޫ، މޮޅަދޫ އަދި ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒު އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްފިއެވެ. އެގޮތުން މި މަޝްރޫއު ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި މިނިސްްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އިސްމާޢިލް ޝަރީފް އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކޮށްފައިވަނީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފް އެވެ. މި މަޝްރޫޢުގެ ދަށުން، މި 4 ރަށުގެ އިތުރުން ރާއްޖެތެރޭ އަތޮޅުތަކުގެ ތެރެއިން 5 […]

އުލިގަމާއި ކުމުންދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއަށް، ފިއްލަދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އާރުޑީސީއަށް
Thiladhunmathi News

އުލިގަމާއި ކުމުންދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއަށް، ފިއްލަދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އާރުޑީސީއަށް

ހއ. އުލިގަމާއި، ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް، ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. އެގޮތުން އެމްޓީސީއާއި ހަވާލުކުރެވުނު މަޝްރޫޢުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙުމަދު ސަޢުދީ އެވެ. އަދި މިނިސްޓްރީގެ...

އޮރެންޖް ހިޔާގައި ގާއިމުކުރި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާހްކޮށްފި
Raajje

އޮރެންޖް ހިޔާގައި ގާއިމުކުރި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާހްކޮށްފި

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކޮށް އެ ޚިދުމަތްތައް ރަސްމީކޮށް މިއަދު ހަވީރު އިފުތިތާހުކޮށްފިއެވެ. އޮރެންޖް ހިޔާ ބިލްޑިންގ މިކަމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ. މި ހަފުލާގައި މި ޚިދުމަތްތައް އިފުތިތާހުކޮށްދެއްވުމަށްފަހު ރައީސް ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ސެންޓަރުން ޚިދުމަތް ދެއް...

މުލީގައި ހަތަރު ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށައިފި
Raajje

މުލީގައި ހަތަރު ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށައިފި

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މުލީ އެއާޕޯޓު ހުޅުވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫޢުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވަނީ 4 ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ. އަދި މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓުގައި ވަނީ 780 ދުވަހުގެތެރޭގައެވެ. މި މަޝްރޫޢ...

ތައިލެންޑް-ރާއްޖެ: ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް
Raajje

ތައިލެންޑް-ރާއްޖެ: ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް

ދިވެހިރާއްޖެއާއި ތައިލެންޑް ސަރުކާރާ ދެމެދު ސިއްޙީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިންނެވެ. ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ދެމުންގެންދާ ޕްރައިމަރީ ހެލްތުކެއަރގެ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެ...

ރާއްޖެ - ބްރޫނާއީ: ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި
Raajje

ރާއްޖެ - ބްރޫނާއީ: ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

ދިވެހިރާއްޖެ އާއި ބްރޫނާއީ އާ ދެމެދު ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ހެލްތް މިނިސްޓްރީން ބުނިގޮތުގައި މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ ބްރޫނާއީގެ ސިއްހީ ދާއިރާގެ ޓެކްނިކަލް އިސްބޭފުޅުންގެ ޓީމަކާއި، އެ މިނިސްޓްރީ އާއި ދެމެދު ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މިއަދު ވަނީ މަޝްވަރާ ކޮށްފައެވެ. ހެލްތު މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ސިއްހީ ދާއިރާގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ...

ސަމާލުވޭ! ޑެންގީ ހުމުގެ ނުރައްކާ އިތުރުވަނީ
Raajje

ސަމާލުވޭ! ޑެންގީ ހުމުގެ ނުރައްކާ އިތުރުވަނީ

މި އަހަރުގެ ވޭތުވެދިޔަ މަސްތަކާއި އަޅާބަލާއިރު ހުސްވި އޭޕްރީލް މަހު ޑެންގީ ހުމުގެ ކޭސްތައް އިތުރުވެފައިވާކަމަަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފިއެވެ. ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރު މިހާތަނަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ. އަތޮޅު އަދި އއ. އަތޮޅުންނެވެ. މި ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅުގައި، ހެލްތް މިނިސްޓްރީން ވަނީ މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރުމާއެކު، ރައްޔިތުންނަށް ޚާއްޞަ އިރުޝާދުތަކެއް ދީފައ...

ބިން އިތުރުކުރުމުގެ ބަދަލުގައި، އުސް އިމާރާތެއް ހަދައި ހިދުމަތް ގާއިމް ކުރުމަށް ހުށަހަޅައިފި
Thiladhunmathi News

ބިން އިތުރުކުރުމުގެ ބަދަލުގައި، އުސް އިމާރާތެއް ހަދައި ހިދުމަތް ގާއިމް ކުރުމަށް ހުށަހަޅައިފި

މި ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިތުރަށް ތަރައްގީ ކުރުމުގެ ޕްލޭންގެ ދަށުން ހަދަން ނިންމާފައިވާ އައު އިމާރާތް އެޅުމަށް، ބިން އިތުރުކުރުމުގެ ބަދަލުގައި މިހާރު ހޮސްޕިޓަލް ހިންގަމުން އަންނަ ބިމުގައި އުސްކޮށް އިމާރާތްކޮށް ހިދުމަތްތައް ގާއިމް ކުރުމަށް ސިޓީ ކައުންސިލުން ހެލްތު މިނިސްޓްރީގައި އެދިއްޖެއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމަށް ބިން އިތުރުކުރުމަށް އެދި ހެލްތު މިނިސްޓްރީން ވަނީ ސިޓީ ކައުންސިލުގައި ސިޓީއަކުން އެދިލައްވާފައެވެ. އެ ސިޓީގައި ވަނީ އެސްޓ...

ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުމަށް 492 މީހަކު ފަރުވާ ހޯދައިފި
Raajje

ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުމަށް 492 މީހަކު ފަރުވާ ހޯދައިފި

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް 492 ފަރުދަކު ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުމަށްޓަކައި ޚާއްޞަ ފަރުވާ ހޯއްދަވާފައިވާކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ. މިއީ ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ދައުލަތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އިޖާބީ ނަތީޖާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ޞިއްޙަތާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ އަހަރުން ފެށިގެން މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައ...

ތެލެސީމިއާ ސެންޓަރަށް ޑީޖީ އެއް ހޯދަން އިއުލާންކޮށްފި
Raajje

ތެލެސީމިއާ ސެންޓަރަށް ޑީޖީ އެއް ހޯދަން އިއުލާންކޮށްފި

މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގެ ޑިރެކްޓަރ ޖެނެރަލް (ޑީޖީ) މަޤާމަށް މީހަކު ހޯދަން މިއަދު ޢިއުލާންކޮށްފިއެވެ. 24 މާރިޗް 2025 ގައި ހެލްތް މިނިސްޓްރީން ވަނީ އެ މަގާމަށް ވަގުތީގޮތުން އަހްމަދު މައުސޫމް ހަމަޖައްސާފައެވެ. މައުސޫމަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅެއްކަމަށެވެ. އަދި އޭނާ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައިވެސް މަސައްކަތް ކުރައްވާފައެވެ. މައުސޫމްގެ ބެލުމުގެ ދަށުން އެތަން ހިންގަމުން އަންނައިރު، ތެލެސީމިއާ ޤާނޫނުގައި ބުނާ...

ނެއްލައިދޫ އާއި މިލަންދޫ ހިމެނޭހެން 10 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން ހަވާލުކޮށްފި
Raajje

ނެއްލައިދޫ އާއި މިލަންދޫ ހިމެނޭހެން 10 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން ހަވާލުކޮށްފި

ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒާއި ށ. މިލަންދޫ ހޮސްޕިޓަލް ހިމެނޭހެން 10 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒާއި ށ. މިލަންދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އަޙުމަދު ގާސިމް ސޮއި ކުރައްވާފައިވާއިރު، އެމްޓީސީސީގެ ފަރާތުން ސޮއި ކުރައްވާފައި...

ތެލެސީމިއާ ސެންޓަރުގެ ޑީޖީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފި
Raajje

ތެލެސީމިއާ ސެންޓަރުގެ ޑީޖީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފި

މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގެ ޑިރެކްޓަރ ޖެނެރަލް (ޑީޖީ) މަޤާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ. ހެލްތް މިނިސްޓްރީން ބުނީ އެ މަގާމަށް ހަމަޖައްސާފައި ވަނީ އަހްމަދު މައުސޫމް ކަމަށެވެ. ހެލްތް މިނިސްޓްރީން ބުނީ، އެމްބީއެސްގެ ޑީޖީއަކަށް ހަމަޖެއްސި އަހްމަދު މައުސޫމަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅެއްކަމަށެވެ. އަދި އޭނާ ވަނީ މީގެ ކުރިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައިވެސް މަސައްކަތް ކުރައްވާފައެވެ. ހެލްތް މިނިސްޓްރީން މަޢުލޫމާތު ދޭ...