ހއ. އުލިގަމާއި، ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް، ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.
އެގޮތުން އެމްޓީސީއާއި ހަވާލުކުރެވުނު މަޝްރޫޢުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙުމަދު ސަޢުދީ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް، އަޙްމަދު ގާސިމް އެވެ.
މި ދެ ރަށް ފިޔަވާ ރާއްޖެތެރޭގެ ރަށްތަކުގެ ތެރެއިން އިތުރު 3 ރަށެއްގައި އެމްޓީސީސީގެ ދަށުން ސިއްހީ މަރުކަޒު އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، ރ. އިންމާދޫ އާއި،އދ އޮމަދޫ ގެ އިތުރުުން ދ ހުޅުދެލީ ސިއްހީ މަރުކަޒު އިމާރާތްކުރުމަށެވެ.
މީގެ އިތުރުން ސިއްހީ މަރުކަޒު އިމާރާތް ކުރުމަށް އާރުޑީސީއާއި ހަވާލުކުރަން އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ މިނިސްޓްރީ އޮފް ސްޓޭޓް ފޯ ހެލްތް އަޙުމަދު ގާސިމް އެވެ. އަދި އާރުޑީސީން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އަސްބާޙް ނަޞީރު އެވެ.
ފިއްލަދޫގައި ސިއްހީ މަރުކަޒުގެ އައު އިމާރާތެއް ޤާއިމްކުރުމަށް އާރުޑީސީއާއި ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުންވެސް އިތުރު 3 ރަށެއްގައި އައު ސިއްހީ މަރުކަޒުގެ އިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ރ. މީދޫ، މ. މުލަކު އަދި ގއ. ދާންދޫ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!