ހއ. މުރައިދޫ، ތަކަންދޫ، މޮޅަދޫ އަދި ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒު އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްފިއެވެ.

އެގޮތުން މި މަޝްރޫއު ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި މިނިސްްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އިސްމާޢިލް ޝަރީފް އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކޮށްފައިވަނީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފް އެވެ.

Ad
mooomoo 1

މި މަޝްރޫޢުގެ ދަށުން، މި 4 ރަށުގެ އިތުރުން ރާއްޖެތެރޭ އަތޮޅުތަކުގެ ތެރެއިން 5 ރަށެއްގެ ސިއްހީ މަރުކަޒުގެ އައު އިމާރާތް ތަރައްޤީކުރުގެ މަސައްކަތް ފެނަކައާއި ވަނީ ހަވާލުކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނޭ ރަށްރަށަކީ ރ. ކިނޮޅަސް، ރ. ފައިނު، ރ. މަޑުއްވަރީގެ އިތުރުން ދ، ރިނބުދޫއެވެ.

މީގެ އިތުރުން ސިއްހީ މަރުކަޒުތަކުގައި އައު އިމާރާތްތައް ތަރައްޤީކުރުމަށް ފެނަކައިގެ އިތުރުން އެމްޓީސީސީ އަށާއި، އާރުޑީސީއަށް ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުތައް ކުންފުނިތަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުالله ނާޒިމް އިބްރާހިމް ވިދާޅުވީ ރަށްރަށުގެ ސިއްޙީ ޚިދުމަތް ދޭ ތަންތަނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން މިހާރުވެސް 3 މަރުހަލާއެއްގައި 21 ހޮސްޕިޓަލްއެއްގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާކަމަށެވެ.

Ad
df

އަދި ސިއްޙީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާކަމަށާއި 33 ސިއްޙީ މަރުކަޒެއް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާކަމަށެވެ. މީގެ އިތުރުން ވަރަށް އަވަހަށް އިތުރު 21 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށް ގެންދާނެ ބަޔަކު ހޯދުމަށް އިޢުލާނުކުރާނެކަމަށް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.