ކޯވިޑް-19 އަށް އެންޓިބޮޑީ ޓެސްޓު އަމިއްލައަށް ނުހެދުމަށް ހެލްތު މިނިސްޓްރީއިން އަންގައިފި
ކޯވިޑް-19 ބަލި ކޮންޓްރޯލު ކުރުމަށް ކުރަމުންދާ މަސައްކަތަށް ބުރޫ އަރާ ދަތިތަކަކާއި، ކުރިމަތިވާނެ ކަމަކަށްވާތީ އާންމުންގެ މެދުގައި ކޯވިޑް-19 ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ހެލްތު މިނިސްޓްރީއިން އަންގައި ފިއެވެ. އެ މިނިސްޓްރީއިން މިރޭ ނެރުނު ސާރކިއުލާއެއްގައި ބުނެފައި ވަނީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށާއި ބަލި ފެތުރުން ހުއްޓުވުމަށް ދުނިޔޭގައި ވަރަށްގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށާއި، މި ބަލި ރާއްޖެއިން ވެސް ފެނި، މާލޭގައި ހަލުވިކަމާއި އެކު ފެތުރެ...