ރާއްޖޭގެ ހުރިހާ ސިއްޚީ މަރުކަޒުތަކަށް ޑޮކްޓަރުން ހަމަ ކުރެވިއްޖެ ކަމަށް ހެލްތު މިނިސްޓްރީއިން ހާމަކުރަށްވައިފިއެވެ.
ހެލްތު މިނިސްޓްރީއިން ބުނެފައިވަނީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން 24 ގަޑިއިރު ޚިދުމަތްދޭ ސިއްޙީ މަރުކަޒުތަކަށް 2 ޑޮކްޓަރުން ހަމަކުރުމުގެ މަސައްކަތުގެތެރެއިން، ރާއްޖޭގެ ހުރިހާ ސިއްޙީ މަރުކަޒުތަކަށް މިހާރުވަނީ ޑޮކްޓަރުން ހަމަކުރެވިފައިކަމަށެވެ.
ސަރުކާރުގެ ސިޔާސަތުގެ ތެރެއިން 24 ގަޑިއިރު ޚިދުމަތްދޭ ސިއްޙީ މަރުކަޒުތަކަށް 2 ޑޮކްޓަރުން ހަމަކުރުމުގެ މަސައްކަތުގެތެރެއިން ރާއްޖޭގެ ހުރިހާ ސިއްޙީ މަރުކަޒުތަކަށް މިހާރުވަނީ ޑޮކްޓަރުން ހަމަކުރެވިފައި
— Ministry of Health (@MoHmv) January 12, 2020
އެންމެ ޑޮކްޓަރެއް ހުރުމުގެ ސަބަބުން، ރާއްޖޭގެ ކަންކޮޅުތަކުގައި ހުރި ސިއްޚީ މަރުކަޒުތަކުގައި ބަލިމީހުން ބެލުމުގައި ދަތިތައް ތަހައްމަލު ކުރަންޖެހިފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ.
ރަށްރަށު ސިއްޚީމަރުކަޒުގައި އެންމެ ޑޮކްޓަރެއް ހުރުމުން، އެ ޑޮކްޓަރު ޗުއްޓީ ނެގުމުން، ބަދަލުގައި ޑޮކްޓަރެއް ހަމަ ޖެހެން ވަގުތު ނަގާތީ ބަލި މީހުން ނުބެލޭ ހާލަތްވެސް މީގެ ކުރިން އައިސްފައިވެއެވެ.
ސަރުކާރުގެ މި ފިޔަވަޅުގެ ސަބަބުން ރަށްރަށުގެ ސިއްޚީމަރުކަޒަށް ދިމާވާ ބަލިމީހުން ބެލުމުގެ ދަތިތަކަށް ހައްލު ލިބިގެން ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!