ކޯވިޑް-19 އާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައްކަށް އެހީތެރިވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް އިތުރު އެހީތެރިކަން ފޯރުކޮށް ދީފިއެވެ.

މިގޮތުން އެ ޖަމްޢިއްޔާއިން އިއްޔެ ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި އައިސީޔޫ އެނދާއި، ބޭނުންވާ އާލާތްތަކާއި، ބޭހުގެ އިތުރުން، މެޑިކަލް ލެބޯޓްރީތަކަށް ބޭނުންވާ ތަކެއްޗާއި އަދި ކޯވިޑަށް ޓެސްޓްކުރެވޭ 10،000 ޓެސްޓިން ކިޓް ހިމެނެ އެވެ.

Ad
rt

އިއްޔެ ހަވާލުކުރެވުނު އައި.ސީ.ޔޫ އާލާތްތަކާއިއެކު ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޤާއިމްކުރެވޭ އައި.ސީ.ޔޫތައް އިތުރަށް ހަރުދަނާ ކުރެވިގެން ދާނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އެހީތެރިކަން ފޯރުކޮށް ދިނުން އޮތީ އިއްޔެ މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިތަކެތި މިނިސްޓަރ އޮފް ހެލްތު ޢަބުދުﷲ އަމީންއާއި ހަވާލު ކޮށްދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ.

ޑަބްލިއުއެޗްއޯއިން އިން މީގެ ކުރިން އެކި ފަހަރު މަތިން ރާއްޖެއަށް 45،000 އަށްވުރެ އިތުރު ކޯވިޑް ޓެސްޓް ކިޓް ހަދިޔާކޮށްފައި ވާކަމަށް މިހާތަނަށް ހެލްތު މިނިސްޓްރީއިން ހާމަކުރެއްވި މަޢުލޫމާތު ތަކުން އެނގެއެވެ. އެ ޖަމްޢިއްޔާއިން އިއްޔެ ރާއްޖެއަށް ހަދިޔާކުރި އިތުރު 10،000 ކޯވިޑް ޓެސްޓިން ކިޓާއިއެކު މި ޢަދަދު މިވަނީ 55،000 އަށް އިތުރުވެފައެވެ.