ކޯވިޑް-19 އާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައްކަށް އެހީތެރިވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް އިތުރު 5،000 ޓެސްޓްކިޓް ހަދިޔާކޮށްފިއެވެ.
މިކަން ހާމަކޮށް ހެލްތު މިނިސްޓްރީން ބުނީ ކޯވިޑް -19 ބައްޔާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައްކަށް އެހީތެރިވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ކޯވިޑް-19 ގެ އިތުރު ޓެސްޓް ކިޓް ހަދިޔާކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ޑަބްލިއުއެޗްއޯއިން 40،000 އަށްވުރެ އިތުރު ވާނެ ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
Minister of Health receives additional #COVID19 test kits from @AMATHUR1007, WHO Representative to the #Maldives. #WHO contributed over 40,000 over the course of the #pandemic pic.twitter.com/S0vaTIXSyN
— Ministry of Health (@MoHmv) June 8, 2020
މި އެހީއާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތުރު އަށް ޝުކުރު އަދާކުރައްވާފައެވެ.
ކުރިއަށް އޮތް ތަނުގައިވެސް މެދުކެނޑުމެއްނެތި ދިވެހިރާއްޖެއަށް ޓެސްޓްކިޓް ލިބެމުންދާނެކަމަށާއި، ޓެސްޓްކިޓްގެ ޢަދަދު އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ދިވެހިރާއްޖޭގެ އޮފީހުގެ ފަރާތުން ވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!