ހިމަބިން ރައްކާތެރިވެ ތިބުމަށް މިހާތަނަށް 3100 މީހަކަށް ވެކްސިން ދެވިއްޖެކަމަށާއި، މާދަމާ 30،000 ވެކްޝިން ރާއްޖެ ގެނެވޭނެކަމަށް ހެލްތު މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ މިއަދު ހެލްތު މިނިސްޓްރީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ހިމަބިހި އިތުރަށް ފެތުރުނަ ނުދީ ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

Ad
rt

ހިމަބިހި މިފަހުން ރާއްޖޭގައި ފެތުރެން ފެށިފަހުން މިހާތަނަށް ހަތަރު މީހަކަށް އެ ބަލިވަނީ ޖެހިފައެވެ. މިހާތަނަށް ހިމަބިއްސަށް 79 މީހަކު ޓެސްޓްކޮށްފައިވާ ކަމަށް މިއަދު މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން މިހާރު ދަނީ ޔުނިސެފާއި ޑަބްލިއުއެޗްއޯއާ ގުޅިގެން 200،000 ވެކްސިން ޑޯޒް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ފާއިތުވި ދެ ދުވަހު ކުރި ޓެސްޓްތަކުން އެއްވެސް މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައި ނުވާކަން ހެލްތު މިނިސްޓްރީއިންވަނީ ހާމަ ކުރަށްވާފައެވެ.

މާދަމާ ރާއްޖެ ގެނެވޭ 30،000 ވެކްޝިންއަކީ އިންޑިއާ ސަރުކާރުގެ އެހީގައި ގެނެވޭ ވެކްސިން ޑޯޒްތަކެކެވެ.