ބޮޑު ތިލަދުންމަތީގެ 6 ރަށް ހިމެނޭހެން 20 ރަށަކަށް އެންބިއުލާންސް ފޮނުވައިފި އެވެ.

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން ގެނައި މި އެމްބިއުލާންސްތައް ފޮނުވާފައިވާ ހއ. އަތޮޅުގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. އުލިގަމާއި ފިއްލަދޫ އެވެ. ހދ އަތޮޅުން ހިމެނެނީ ހދ. މަކުނުދޫ އާއި ހދ. ނޮޅިވަރަމެވެ. ށ. އަތޮޅުން ފޮނުވީ ފޯކައިދޫއާއި މަރޮއްޓަށެވެ.

Ad
rt

މީގެ އިތުރުން އެންބިއުލާންސް ފޮނުވާފައި ވަނީ ނ. މިލަދޫއާއި އެއަތޮޅު ހެނބަދޫއަށެވެ. ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ބ. ތުޅާދޫ، ކ. ހުރާ، އދ. ދަންގެތި، ފ. ބިލެއްދޫ ތ. މަޑިފުށި، ލ. މާމެންދޫ، ގއ. ގެމަނަފުށި، ތ. ގާދިއްފުށި، ބ. ކުޑަރިކިލު އަދި އއ. ތޮއްޑޫއެވެ.

ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހު އެވެ.

އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށްވެސް ހެލްތް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.