ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވިގޮތެއްގައި މަސައްކަތްކޮށް، ފަރުދުން ބާރުވެރިކޮށް ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކުރުމާއި، އެބާވަތުގެ އުޅަނދުފަހަރު ބޭނުންކުރުމަށް ބާރުއެޅުމަށް ސަރުކާރުން ތައާރަފްކުރި "ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އިފްތިތާޙުކޮށްފިއެވެ.
މި ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.
ރޭގެ މޖަލްސާގައި ވަނީ "ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އާއި ގުޅޭ ކޮމިޓްމަންޓްގައި ކައުންސިލްތަކުގެ މަންދޫބުން ސޮއިކުރައްވާފައިވެއެވެ. މި މަޝްރޫޢު ފުރަތަމަ ހިންގުމަށް ަކަނޑައަޅާފައި ވަނީ ހަތަރު ރަށެއްގައެވެ.
އެ ރަށްތަކަކީ، ހދ. ކުރިނބި، ނ. ކުޑަފަރި. ވ. ފެލިދޫ އަދި އެ އަތޮޅު ކެޔޮދޫއެވެ.
މި މަޝްރޫޢުގެ މަޤްޞަދަކީ ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވިގޮތެއްގައި މަސައްކަތްކޮށް، ފަރުދުން ބާރުވެރިކޮށް ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކުރުމާއި، އެބާވަތުގެ އުޅަނދުފަހަރު ބޭނުންކުރުމަށް ބާރުއެޅުމެވެ. އަދި ޕްލާސްޓިކް ބޭނުންކުރުމާއި ދުރުވެ، ރައްކާތެރިގޮތުގައި ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލް ބޭނުންކުރުމާއި، ކުނި މެނޭޖްކުރުމާއި، ސާފުތާހިރުކަމުގެ އާދަތަކަށް ފަރުދުން އަހުލުވެރިކުރުވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!