އާ އެންބިއުލާންސެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް: ފޯކައިދޫ ސިއްހީ މަރުކަޒު

photo_2021-11-01_20-06-10

ސަރުކާރުން ށ. ފޯކައިދޫއަށް ފޮނުވި އާ އެންބިއުލާންސެއް މިއަދު އެރަށަށް ލިބިއްޖެއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން ގެނައި މި އެމްބިއުލާންސްތައް ރަށްތަކަށް ފުރުވާލީ ނިމުނު އޮކްޓޯބަރުގެ 30 ވަނަ ދުވަހުއެވެ.

20 ރަށަކަށް ފޮނުވި މި އެމްބިއުލާންސްތައް ރަށްތަކަށް މިހާރު ފޯރަމުންދާއިރު، މީގެތެރޭގައި ފޯކައިދޫ ހިމެނޭހެން ބޮޑު ތިލަދުންމަތީގެ 6 ރަށެއް ހިމެނެއެވެ.

ފޯކައިދޫއަށް ފޮނުވި އެމްބިއުލާންސް ލިބުމާގުޅިގެން ފޯކައިދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، ރައްޔިތުންނަށް ފުރިހަމަ ސިއްހީ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

"މިއަދު ފެންނަމުން މިދަނީ އެކަން ހަގީގަތަކަށް ވަމުންދާ މަންޒަރު، މިއީ ފޯކައިދޫ ސިއްހީމަރުކަޒަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް" ފޯކައިދޫ ސިއްހީމަރުކަޒުން ވިދާޅުވިއެވެ.

މި އެމްބިއުލާންސް ލިބުމާއިގުޅިގެން ފޯކައިދޫ ސިއްހީ މަރުކަޒުން ވަނީ ރައީސް ޞާލިޙަށާއި، ފޯކައިދޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދަށާއި އަދި ހެލްތު މިނިސްޓަރު އަޙްމަދު ނަސީމަށް ޝުކުރު އަދާކޮށްފައެވެ.

މިފަހަރު އެމްބިއުލާންސް ފޮނުވި ބޮޑުތިލަދުންމަތީގެ ރަށްތަކަކީ، ހއ. އަތޮޅުން އުލިގަމާއި، ފިއްލަދޫއާއި، ހދ. އަތޮޅުން މަކުނުދޫ އާއި ނޮޅިވަރަމާއި އަދި ށ. އަތޮޅުން ފޯކައިދޫގެ އިތުރުން މަރޮއްޓަށެވެ.

މީގެ އިތުރުން އެންބިއުލާންސް ފޮނުވާފައި ވަނީ ނ. މިލަދޫއާއި އެއަތޮޅު ހެނބަދޫއަށެވެ. ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ބ. ތުޅާދޫ، ކ. ހުރާ، އދ. ދަންގެތި، ފ. ބިލެއްދޫ ތ. މަޑިފުށި، ލ. މާމެންދޫ، ގއ. ގެމަނަފުށި، ތ. ގާދިއްފުށި، ބ. ކުޑަރިކިލު އަދި އއ. ތޮއްޑޫއެވެ.

ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހު އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި