އަލަށް ތަރައްޤީކޮށްފައިވާ އެފްޑީސީ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް، އެދޭތާ 24 ގަޑިއިރުގެ ތެރޭގައި އުރީދޫ ސުޕަނެޓް ގުޅައިދިނުމުގެ ޚިދުމަތް އުރީދޫ މޯލްޑިވްސް އިން މިއަދު އިޢުލާންކޮށްފިއެވެ.
މީގެ މަޤްޞަދަކީ އާ ގެއަށް ބަދަލުވާ ހިސާބުން ފެށިގެން ޢާއިލާތަކަށް އަވަސް އަދި އިތުބާރު ހިފޭ ހޯމް އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. އިންޓަނެޓަކީ މިހާރު ދިރިއުޅުމުގެ ޒަރޫރީ ބޭނުމަކަށް ވެފައިވާއިރު، އުރީދޫން މަސައްކަތް ކުރަނީ އެފްޑީސީ ފްލެޓްތަކުގެ ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާ އެކު މި ޚިދުމަތް ފޯރުކޮށްދިނުމަށެވެ. އެގޮތުން ސުޕަނެޓަށް އެދި ހުށަހެޅުމާ އެކު 24 ގަޑިއިރު ތެރޭގައި ކަނެކްޝަން ގުޅައިދިނުމުން، މަސައްކަތާއި ތަޢުލީމާއި މުނިފޫހިފިލުވުމުގެ އިތުރުން މުޢާމަލާތް ކުރުން ފަދަ ޑިޖިޓަލް ބޭނުންތަކަށް އަވަހަށް އޮންލައިން ވެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫ ސުޕަނެޓަކީ މި ޒަމާނުގެ ގޭބިސީތަކުގެ ބޭނުންތަކަށް ފެތޭ ގޮތަށް ފަރުމާކޮށްފައިވާ، އިތުބާރު ހިފޭ ހައި-ސްޕީޑް ހޯމް ބްރޯޑްބޭންޑް ޚިދުމަތެކެވެ. މިއީ ފިލްމާއި ޝޯތައް ސްޓްރީމް ކުރުމާއި، އޮންލައިން މީޓިންތަކާއި ކްލާސްތަކުގައި ބައިވެރިވުމުގެ އިތުރުން، ގޭމް ކުޅުމާއި ސްމާޓް ހޯމް ޑިވައިސްތައް ބޭނުންކުރުމަށާއި ޢާއިލާއާއި ރައްޓެހިންނާ ގުޅުން ބޭއްވުމަށް ބޭނުންވާ ސްޕީޑާއި އިތުބާރު ފޯރުކޮށްދޭ ޚިދުމަތެއް ކަމަށް އުރީދޫން ފާހަގަކުރެއެވެ.
މީގެ އިތުރުން، އެފްޑީސީ ފްލެޓްތަކަށް އަލަށް ނަގާ ކޮންމެ ސުޕަނެޓް ކަނެކްޝަނަކާ އެކު މަހު ފީއެއް ދައްކަން ނުޖެހޭ ހިލޭ ޓެލެފޯނެއް ލިބޭނެއެވެ. އަދި 1،000 އުރީދޫ މިނެޓުގެ ހިލޭ ވާހަކަދެއްކުމުގެ ވަގުތު ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސުޕަނެޓް ކަސްޓަމަރުންނަށް ގޭބިސީގެ ބޭނުންތަކަށް ބަލައި އެކި ޕެކޭޖުތައް އިޚްތިޔާރު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އުރީދޫގެ ވަރުގަދަ ނެޓްވޯކް އިންފްރާސްޓްރަކްޗަރާއި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، ގޭގެ ހުރިހާ ޑިވައިސްތަކަކުން ވެސް ފަސޭހަކަމާ އެކު އިތުބާރު ހުރި އިންޓަނެޓް ޚިދުމަތެއް ލިބިގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެފްޑީސީ ފްލެޓްތަކަށް ސުޕަނެޓްގެ ޚިދުމަތް ތަޢާރަފުކުރުމަކީ، ފެންވަރު ރަނގަޅު ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށާއި ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޚިދުމަތް ދިނުމަށް އުރީދޫ މޯލްޑިވްސް އިން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެފްޑީސީ ފްލެޓްތަކުގެ ރައްޔިތުންނަށް މިއަދުން ފެށިގެން އުރީދޫ ސުޕަނެޓަށް އެދި ހުށަހެޅޭނެ ކަމަށާއި، ޚިދުމަތް ހޯދުމަށް ore.do/wa މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
ޚިދުމަތް ހޯދުމަށް: ore.do/wa
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!