ހއ. ހޯރަފުށީ ކައުންސިލްގެ ކާމިޔާބީގެ 1 އަހަރު މިއަދު ފާހަގަކޮށްފިއެވެ.

ހޯރަފުށީ ކައުންސިލްގެ ކާމިޔާބީގެ 1 އަހަރު ފާހަގަކޮށްފައި ވަނީ އެ ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ފަރާތުންނެވެ.

Ad
rt

މިއަދު އެކައުންސިލްގައި ވަނީ މިކަމަށް ޚާއްޞަ ކޭކެއް ފަޅާފައެވެ. މި ކަމަށް މިއަދު އެ ކައުންސިލްގައި ބޭއްވި ހަފްލާއެއްގައި ހޯރަފުށީ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި އަދި ކައުންސިލް އިދާރާގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ހޯރަފުށީ ކައުންސިލުން ވަނީ އެ ކައުންސިލްގެ އިދާރީ މުވައްޒަފުން އެ ކައުންސިލްގެ ކާމިޔާބީ އެއް އަހަރު ފާހަގަކޮށްފައިވާތީ، އެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

ހޯރަފުށީ ކައުންސިލްގެ ކާމިޔާބީގެ 1 އަހަރު މިއަދު ފާހަގަ ކުރިއިރު، ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން ހުވާކޮށް މަގާމާއި ހަވާލުވިތާ މިއަދަކީ އެއް އަހަރު ފުރޭ ދުވަހެވެ.

މީގެ އިތުރުން މިއަދަކީ ފުރަތަމަ ފަހަރަށް ރައްޔިތުންގެ ޢާންމު ވޯޓަކުން އިންތިޚާބުކުރި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް، ޤާނޫނީ ހައިސިއްޔަތާއެކު މަސައްކަތްކުރަން ފެށިތާ އެއް އަހަރު ގުނިގެންދާ ދުވަހެވެ. އަދި ފުރަތަމަ ފަހަރަށް ރައްޔިތުންގެ ޢާންމު ވޯޓަކުން އިންތިޚާބުކުރި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ސިޓީތަކުގެ މޭޔަރުން، އެބޭފުޅުންގެ މަޤާމުގެ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވިތާ އަހަރެއް ފުރިގެންދާ ދުވަހެވެ.