ސީއެސްއާރު ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީސްކޫލެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޫލުގެ މަސައްކަތް ފަށަން ވަނީ ބިންގާ އަޅާފައެވެ. ނިންގާ އެޅުއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ހޯރަފުށީ ކައުންސިލްގެ ނައިބު އަހުމަދު އިމްދާހުއެވެ.
އެ މަސައްކަތް ކުރަން އެމްޓީސީސީގައި އެދުނީ ހޯރަފުށީ ކައުންސިލުންނެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނިން ބޭނުންވަނީ ވީގާވެސް އަވަހަށް މަސައްކަތް ނިންމައި ހިދުމަތް ބޭނުންވެފައި ތިބި ކުޑަކުދިންނާއި ރައްޔިތުންނަށް އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
އަދި ޅަ ދަރިންނަށް ތައުލީމް އުނގަންނައިދިނުމަކީ މުހިންމު ކަމެއް ކަމަށާއި އެކަން ކުރަން ރާއްޖެ އަދި ރާއްޖޭން ބޭރުގެ އަމިއްކަ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!