ހއ. ހޯރަފުށީ ކައުންސިލްގެ އެހީތެރިކަމާއެކު އެރަށުގައި ހުންނަ ހއ. އަތޮޅު މަދަރުސާގެ ގްރޭޑް 10ގެ ދަރިވަރުންނަށް ސްޓަޑީ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.

މިހިނގާ އޭޕްރިލް މަހުގެ 3 އިން 5 އަށް ގެންދެވުނު މި ކޭމްޕް ނިންމާލެވިފައި ވަނީ ކާމިޔާބު ކަމާއެކުގައި ކަމަށް ހޯރަފުށީ ކައުންސިލުން ވަނީ ފާހަގަ ކުރަށްވާފައެވެ.

Ad
rt

ހޯރަފުށީ ކައުންސިލުން ވިދާޅުވިގޮތުގައި، މި ފަދަ ސްޓަޑީ ކޭމްޕްތައް ކައުންސިލްގެ މި ހިނގާ ދައުރުގެ ތެރޭގައި ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

"މިފަދަ ކޭމްޕް ތަކުގެ މަގްސަދަކިީ ދަރިވަރުންގެ ނަތީޖާއަށް ހެޔޮ ބަދަލް ތަކެއް ގެނެސްދިނުން" ހޯރަފުށީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

މި ކޭމްޕްގައި ވަނީ ހިސާބު، ފިޒިކްސް އަދި ދިވެހި މާއްދާއިން މުހިއްމު ގިނަ ގަޑިތަކެއް ނަގައިދީފައެވެ. އަދި ކޭމްޕްގެ ކުރިން ވަނީ ދަރިވަރުންނާ ބެލެނިވެރިންނަށް ހޭލުންތެރިކުރުވުމަށް ހާއްސަ ސެޝަން ތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ.

ހޯރަފުށީ ކައުންސިލުން ވަނީ، މި ކޭމްޕްގައި ގަޑިތަކާ ސެޝަންތައް ނަންގަވައި ދެއްވި އެދުރުންނަށާ، ހއ އަތޮޅު މަދަރުސާއަށާއި، ދަރިވަރުންނާ ބެލެނިވެރިންގެ ފަރާތުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރަށްވާފައެވެ.