ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތަކާއި އިދާރާތައް އުވާލައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. ހިރިމަރަދޫ ކައުންސިލާއި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކާއި އެކައުންސިލްތަކުގެ އިދާރާތައް 2026 މޭ 17 ވަނަ ދުވަހުން ފެށިގެން އުވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި މިކަން ހާމަކޮށްފައިވާއިރު، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައިކަން އެ ދެންނެވުމުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމު...