އެއާޕޯޓަށް ބިން އިތުރުކުމަށް ހަނިމާދޫ ކައުންސިލުން މާދަމާ ގޮތް ނިންމަނީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުއަށް، ހަނިމާދޫގެ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމުން ބަޔެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަރަހައްދަށް އިތުރުކުރުމާމެދު ގޮތެއް ނިންމަން ހަނިމާދޫ ކައުންސިލްގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. މިގޮތުން މާދަމާ އޮންނަ ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 6 ވަނަ އާންމު ބައްދަލުވުމުގެ އެޖެނޑާ ނަމްބަރު 3 ގައި ވަނީ ހަނިމާދޫ އެއާޕޯޓްގެ ސަރަހައްދަށް ބިން އިތުރުކުރުމަށް ގޮތެއް ނިންމުމަށް އެޖެންޑާ ކޮށްފައެވެ. “މިނިސްޓްރީ އ...