ރާއްޖެއަށް ފުރަތަމަ ތިން ހަފުތާގައި 149,447 ފަތުރުވެރިން، ހަނިމާދޫ މަގުން 428 ފަތުރުވެރިން
އަހަރުގެ ފުރަތަމަ ތިން ހަފުތާގައި ރާއްޖެއަށް ޖުމްލަ 149,447 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަހަރުގެ ފުރަތަމަ ތިން ހަފުތާގައި ރާއްޖެއަށް ޖުމްލަ 149,447 ފަތުރުވެރިން ޒިޔާރާތްކޮށްފައިވައިވުމުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތް އިންސައްތައިގެ ކުރިއެރުމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7,117 ފަތުރުވެރިން ރާއްޖެ އާދެއެވެ. ރާއްޖެއަށް އައި ފަތުރުވ...