އިންޑިއާއިން ރާއްޖެއަށް ދިން ޑޯނިއަރ މަތިންދާބޯޓު ބާއްވާނީ ހަނިމާދޫ އެއާޕޯޓްގައި

viber_image_2020-09-29_13-59-42

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިން ޑޯނިއަރ މަތިންދާބޯޓު ބާއްވާނީ ހަނިމާދޫ އެއާޕޯޓްގައިކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ ފްލައިޓަކީ ދެ ގައުމުގެ ދެމެދުގައި ކުރި މަޝްވަރާތަކުގެ ތެރެއިން ހަދިޔާކުރި މަތިންދާބޯޓެއް ކަމަށާއި މި ޑޯނިއާ އޮޕަރޭޓު ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށާއި އަދި އެ އެއާކުރާފްޓް ބާއްވާފައި އޮންނާނީ ހަނިމާދޫ އެއާޕޯޓްގައި ކަމަށް ވެސް އެމްބަސީއިން ބުނެފައިވެ އެވެ.

ކުރީގެ ސަރުކާރުތަކުން ވެސް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ގެ ސަަވައިލެންސްގެ މަސައްކަތުގައި ބޭނުންކުރުމަށް ޑޯނިއާ އެއް ހޯދުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށްފައިވާ ކަމަށް ހައިކޮމިޝަނުން ބުންފައިވާއިރު މިއީ 2016 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ދިވެހިރާއްޖެއަށް ހޯދުމަށް މަސައްކަތްކުރެވެމުންދިޔަ ޑޯނިއަރ މަތިންދާބޯޓެކެވެ.

މިމަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށްކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މިފްލައިޓް ރާއްޖޭގައި އުދުހޭނީ ރާއްޖޭގެ ދިދައާއި ކުލަތަކާއެކު، އެމްއެންޑީއެފްގެ ޕައިލެޓުން ވެސް ޙަރަކާތްތެރިވާ ގޮތަށް

އެމްއެންޑީއެފްއިން ނޫސްވެރިންނަށް މަޢުލޫމާތުދެމުން ބުނެފައިވެއެވެ.

މިއަދު ރާއްޖެއަށް ގެނެވުނު ޑޯނިއަރ މަތިންދާބޯޓުގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައާއި، ކަނޑުމަތީގައި ހިންގޭ ޤަވާޢިދާޚިލާފު ކަންތައްތައް ހުއްޓުވުމުގައާއި، ކަނޑުމަތީގައި ދިމާވާ ތަފާތު ނުރައްކާތެރި ހާދިޘާތަކަށް ރިއެކްޓްކުރުމުގައި އަދި ދިވެހިރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، އެމްއެންޑީއެފްގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

2009 ވަނަ އަހަރުން ފެށިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ޖުމްލަ 54 އޭރިއަލް ސާރވައިލަންސް އޮޕަރޭޝަން ހިންގިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި