ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބިންގާ އެޅުން މިއަހަރުގެ ނޮވެމްބަރު މަހުގައި އަދި މަސައްކަތް ފެށުން އަންނަ އަހަރު ޖެނުއަރީގައި އޮންނާނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިިވިލް އޭވިއޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ އިން މިހެން ބުނެފައިވަނީ ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމަށްފަހު އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީގައި ފަށާނެ ކަމަށާއި ހަނިމާދޫ އެއާޕޯޓުގެ މަސައްކަތުގެ ގްރައުންޑް ބްރޭކިން ނުވަތަ ބިންގާ އެޅުން މިއަހަރުގެ ނޮވެމްބަރުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން މިބައްދަލުވުމުގައި ރާއްޖެއާއި އިންޑިޔާއާއިދެމެދު މިމަހު ފެށުމަށް ހަމަޖެހިފައިވާ ފެރީގެ ޚިދުމަތާއިގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާކަމަށާއި އިންޑިޔާ ސަރުކާރުގެ އެހީއާއިއެކު ކުރިއަށްދާ ޓްރާންސްޕޯޓް އާއި ސިވިލް އޭވިއޭޝަންގެ ކަންކަމުގައި މަޝްވަރާކުރެވިފައިވާކަމަށް ބުނެފައިވެއެވެ.
ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން އިންޑިއާ ސަރުކާރާއި، ދިވެހި ސަރުކާރާއިއެކު އިއްޔެވެސްވަނީ މަޝްވަރާ ތަކެއް ކުރިއަށް ގެންގޮސްފައެވެ. އޮންލައިންކޮށް މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު، މި މަޝްވަރާގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ސަންޖޭ ސުދީރު އާއި އިންޑިއާ ސަރުކާރުގެ އިތުރު ދެ އޮފިޝަލެކެވެ.
Minister @aishath_nahula
met with High Commissioner of India to Maldives H.E. Sunjay Sudhir. Discussions were focused on the #India - #Maldives ferry service that will operationalize this month, strengthening connectivity and adding value to the economy of the Maldives.
1/2 pic.twitter.com/SeaqQ9X7bt— Ministry of Transport and Civil Aviation (@MoTCAmv) September 15, 2020
އިންޑިއާގެ ބައިވެރިވުމާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަށަން ނިންމާފައި ވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކުރެއްވީ މިއަހަރު ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނާ ރޯހިތު ރަތިޝް އެދުވަހު މީޑިއާއަށް ވިދާޅުވީ މި އަހަރު ނިމެންވާއިރަށް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރަށްވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އެދުވަހު ކުރި ޓްވީޓެއްގައިވެސް ވަނީ އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަންޑު ކުރާނެ ކަމަށް ބުނެފައެވެ.
އިންޑިއާ އާއި ރައްޖެއިން ސޮއިކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހިންގާ މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރަން ވަނީ ނިންމާފައެވެ. އެއާޕޯޓްގެ ރަންވޭގެ މިހާރުގެ ދިގުމިނަކީ 1200 މީޓަރެވެ.
https://thiladhun.wonstasite.com/42575
ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!