މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހަނިމާދޫ ކައުންސިލް

133 Stories filed
ހަނިމާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯއްޗަށް އެދި 505 ފޯމް
Thiladhunmathi News

ހަނިމާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯއްޗަށް އެދި 505 ފޯމް

ހަނިމާދޫއިން މީހުން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން 505 ފަރާތަކުން ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހަޅާފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން މިއަދު ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމު ކޮށްފައިވާއިރު، މި ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ 12 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. ހަނިމާ...

ހަނިމާދޫގައި ކުޑަކުދިންގެ ޕާރކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ހަނިމާދޫގައި ކުޑަކުދިންގެ ޕާރކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ހަނިމާދޫ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހަނިމާދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި ކަމަށް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 10 މެއި 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 އަށް  ހަނިމާދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 19 މެއި 2022 ވާ...

ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.ހަނިމާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިގައިވާ “ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތް 1443” ގައި ބައިވެރި ވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގައި ދިރިއުޅޭ ކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނާއި މެދު ޝައުޤު އުފެއްދުމާއި ލޯބި އިތުރުކޮށް ކިޔެވުމުގެ ރޫޙު އާލާކުރުމާއި، ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތި ރާގުގައި ޤުރްއާން ކިޔަވާ ދިވެހި ދަރިންތަކެއް އުފެއްދުމާއި އަދި އެކަމަށް...

ހަނިމާދޫގައި ކުނިކޮށި އަޅައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ހަނިމާދޫގައި ކުނިކޮށި އަޅައިދޭނެ ފަރާތެއް ހޯދަނީ

ހދ. ހަނިމާދޫގައި ކުނިކޮށި އަޅެމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އިއްޔެ އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކުނިކޮށި އަޅެމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މި މަސައްކަތާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 15 މާޗް […]

ހަނިމާދޫން 200 ގޯތި ދޫކުރަން ހުއްދަދީފި
Thiladhunmathi News

ހަނިމާދޫން 200 ގޯތި ދޫކުރަން ހުއްދަދީފި

ހދ. ހަނިމާދޫއިން 200 ބަންޑާރަ ގޯތި ދޫކުރުމުގެ ހުއްދަ ހަނިމާދޫ ކައުންސިލަށް ދީފިއެވެ. ހަނިމާދޫއިން މީހުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 200 ގޯތި ދޫކުރުމުގެ ހުއްދަ ހައުސިން މިނިސްޓްރީން އެ ރަށު ކައުންސިލަށް ދީފައިވާކަން ހާމަކޮށްފައި ވަނީ އެ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިކަން ހާމަކޮށް ފިރާގު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ 11 އަހަރަށް ފަހު ހަނިމާދޫން ބަންޑާރަ ގޯތި ދޫކުރުމަށް ސަރުކާރުން  ހުއްދަ ދެއްވައި، ދެއްވި […]

ރައީސް ވިދާޅުވި ގޮތަށް ހަނިމާދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ ކަންބޮޑުވުން
Thiladhunmathi News

ރައީސް ވިދާޅުވި ގޮތަށް ހަނިމާދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ ކަންބޮޑުވުން

ހދ. ހަނިމާދޫގައި ބަނދަރުގެ މަސައްކަތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވި ގޮތަށް ކުރިއަށް ނުދާތީ، ބަނދަރުގެ މަސައްކަތް ރައީސް ވިދާޅުވިގޮތަށް ކުރިއަށް ގެންދިޔުމަށް ގޮވާލައި ހަނިމާދޫ ބަނދަރުގައި ބެނާއެއް ދަމައިފިއެވެ. މިއަދު  ހަނިމާދޫ ބަނދަރުގައި ދަމާފައިވާ ބެނާގައި ލިޔެފައި ވަނީ ” ރައީސް ވިދާޅުވި ގޮތަށް ބޭރުތޮށީގައި ރިވެޓްމެންޓް ޖަހައިދީ” މިހެންނެވެ. ހަނިމާދޫގެ ބަނދަރު އަޕްގްރޭޑް މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލ...

ކުނި އުކައިދިނުމުގެ ފީގެ ގޮތުގައި ހަނިމާދޫ ކައުންސިލަށް 6،94،666 ރުފިޔާ
Thiladhunmathi News

ކުނި އުކައިދިނުމުގެ ފީގެ ގޮތުގައި ހަނިމާދޫ ކައުންސިލަށް 6،94،666 ރުފިޔާ

ފާއިތުވެދިޔަ 2021 ވަނަ އަހަރު ހަނިމާދޫ ކައުންސިލަށް ކުނި ފީގެ ގޮތުގައި 694666.00 (ހަލައްކަ ނުވަދިހަ ހަތަރުހާސް ހަސަތޭކަ ފަސްދޮޅަސް ހައެއް) ރުފިޔާ ލިބިފައިވާކަން އެ ކައުންސިލުން ހާމަކޮށްފިއެވެ. ހަނިމާދޫގައި ތިންސަތޭކައަށްވުރެ ގިނަ ގޭބިސީގައި މީހުން ދިރިއުޅެމުން އަންނައިރު، ފާއިތުވީ އަހަރުގައި މީހުން ދިރިއުޅޭ ގޭބިސީތަކުން ހަނިމާދޫ ކައުންސިލަށް ކުނި ފީގެ ގޮތުގައި 558466.00 (ފަސްލައްކަ ފަންސާސް އަށް ހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހައެއް) ރުފިޔާ ލިބިފައިވެއެވެ. އާންމު ގޭބިސީތަކުން ކުނި ފީގެ ގޮތުގައި ދަ...

ހަނިމާދޫ ކައުންސިލާއި، އަންހެނުން ކޮމެޓީން ހަނިމާދޫ ޕްރީސްކޫލަށް ފައިސާގެ އެހީތެރިކަން
Thiladhunmathi News

ހަނިމާދޫ ކައުންސިލާއި، އަންހެނުން ކޮމެޓީން ހަނިމާދޫ ޕްރީސްކޫލަށް ފައިސާގެ އެހީތެރިކަން

ހދ. ހަނިމާދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން، ހަނިމާދޫ ސަޢާދާ ޕްރީސްކޫލަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ. ހަނިމާދޫ ސަޢާދާ ޕްރީސްކޫލަކީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހިންގަމުން އަންނަ ޕްރީސްކޫލެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ޙުސައިން ވަޙީދު “ތިލަދުން” އަށް ވިދާޅުވީ، އެ ޖަމިއްޔާއިން ހިންގާ ޕްރީސްކޫލް ހިންގުމުގެ ކަންކަމަށް އެހީތެރިކަން ހޯދުމަށް ހަނިމާދޫ ކައުންސިލަށާއި، އަންހެނުންގެ ތަރައްގީކުރާ ކޮމެޓީއަށް ޕްރޮޕޯސަލް ހުށަހެޅު...

ހަނިމާދޫގައި ކުރިއަށް ގެންދިޔަ ދަބަސްފަހަން ދަސްކޮށްދޭ ވޯކްޝޮޕް ނިންމާލައިފި
Thiladhunmathi News

ހަނިމާދޫގައި ކުރިއަށް ގެންދިޔަ ދަބަސްފަހަން ދަސްކޮށްދޭ ވޯކްޝޮޕް ނިންމާލައިފި

ހދ.ހަނިމާދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓްއާއި ގުޅިގެން، ހަނިމާދޫގައި ކުރިއަށް ގެންދިޔަ ދަބަސް ފަހަން ދަސްކޮށްދޭ ވޯކްޝޮޕް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. 28 ނޮވެމްބަރ 2021 ވީ އާދީއްތަ ދުވަހު ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ފަށައިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ނިންމާލާފައި ވަނީ 30 ނޮވެމްބަރ 2021 ވީ އަންގާރަ ދުވަހުއެވެ. މި ވޯކްޝޮޕް ނިންމުމުގެ ގޮތުން ރޭ ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ބޭއްވި ކުޑަ ރަސްމިއްޔާތުގައި […]

ހަނިމާދޫގައި ދަބަސް ފަހަން ދަސްކޮށްދޭ ވޯކްޝޮޕެއް ބާއްވަނީ
Thiladhunmathi News

ހަނިމާދޫގައި ދަބަސް ފަހަން ދަސްކޮށްދޭ ވޯކްޝޮޕެއް ބާއްވަނީ

ހދ.ހަނިމާދޫ ކައުންސިލުން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ދަބަސް ފަހަން ދަސްކޮށްދޭ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ވޯކްޝޮޕަކީ ހަނިމާދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓްއާއި ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕް ފެށުމަށް ހަމަޖެހިފައިވަނީ 28 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުއެވެ. މި ވޯކްޝޮޕް ނިންމާލުމަށް ހަމަޖެހިފައި ވަނީ 30 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުއެވެ. މި ވޯކްޝޮޕްގައ...

ހަނިމާދޫ ކައުންސިލުން ދަނޑުވެރިކަމުގެ ކޯހެއް ހިންގަނީ
Thiladhunmathi News

ހަނިމާދޫ ކައުންސިލުން ދަނޑުވެރިކަމުގެ ކޯހެއް ހިންގަނީ

ހދ.ހަނިމާދޫ ކައުންސިލުގެ އިދާރާއިން އެ ރަށުގައި ދަނޑުވެރިކަމުގެ ކޯހެއް ހިންގަން ނިންމައި ބައިވެރިން ހޯދަން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން 02 ނޮވެމްބަރ 2021 ވީ އަންގާރަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ހަނިމާދޫގެ ދަނޑުވެރިންނަށާއި، ދަނޑުވެރިކަން ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އެ ކައުންސިލާއި އެ ރަށުގައި ހުންނަ އެގްރިކަލްޗަރ ސެންޓަރ ގުޅިގެން ދަނޑުވެރިކަމުގެ ކޯހެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހިނގާ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހު...

ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ
Thiladhunmathi News

ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ. އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ހަނިމާދޫގެ މިސްކިތްތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ 24 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުއެވެ. ޖުމްލަ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމް އޯގަސްޓް މަހުގެ 27 ވަނަ ދުވަހާ...

ހަނިމާދޫގައި ތާރުއަޅައިގެން ހަދަމުންދާ މަގުތައް ބޭނުންކުރަންވާނީ ހުޅުވާލުމުން: ކައުންސިލް
Thiladhunmathi News

ހަނިމާދޫގައި ތާރުއަޅައިގެން ހަދަމުންދާ މަގުތައް ބޭނުންކުރަންވާނީ ހުޅުވާލުމުން: ކައުންސިލް

ހަނިމާދޫގައި ތާރުއަޅަމުންދާ މަގުތައް ނިންމައި ބޭނުން ކުރުމަށް ހުޅުވާނުލަނީސް އެ މަގުތައް ބޭނުން ނުކުރުމަށް ހަނިމާދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ ހަނިމާދޫގައި ތާރުއަޅައިގެން ހަދަމުންގެންދާ މަގުތަކުގެ ތެރެއިން ތާރު ފަށަލަ އެޅުމަށްފަހު އެމަގުތައް ވަކިގަޑިތަކެއް ވަންދެން ބޭނުން ނުކޮށް ތާރުހިކުމަށް ބާއްވަންޖެހޭތީ، ބޭނުންކުރުން މަނާ ކުރެވިފައިވާ މަގެއްކަން އެންގުމަށްޓަކައި އިންޒާރުގެ ޓޭޕް ދަމާފައިވަނިކޮށް، އެޓޭޕް ކަނޑާލުމަށްފަހު މަގ...

ޔޫރޯ ފޯރީގައި ތިއްބާ ހަނިމާދޫ ޒުވާނުންނަށް ރައީސް ވެވަޑައިގެންނެވި ވަޢުދު ފުއްދައިފި – މަޚްލޫފް
Thiladhunmathi News

ޔޫރޯ ފޯރީގައި ތިއްބާ ހަނިމާދޫ ޒުވާނުންނަށް ރައީސް ވެވަޑައިގެންނެވި ވަޢުދު ފުއްދައިފި – މަޚްލޫފް

އެންމެން ފުޓްބޯޅަ ފޯރީގައި ޔޫރޯ ބަލަން ތިއްބައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް އެ ރަށުގެ ޒުވާނުންނަށް ވެ ވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް އެ ރަށު ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައި ނިންމައިފި ކަމުގައި ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައި ނިންމާލެވިފައިވާ ކަން ހާމަކޮށް ޔޫތު މިނިސްޓަރ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އެންމެން ފުޓްބޯޅަ ފޯރީގައި ޔޫރޯ ބަލަންތިއްބައި ހދ.ހަނިމާދޫގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް […]

އިތުރުކުރާ ބިމުގައި ކުރަންއުޅޭ ކަމެއް އެއްވެސް ރައްޔިތަކަށް އޮޅިފައެއް ނޯންނާނެ: ހަނިމާދޫ ކައުންސިލް
Thiladhunmathi News

އިތުރުކުރާ ބިމުގައި ކުރަންއުޅޭ ކަމެއް އެއްވެސް ރައްޔިތަކަށް އޮޅިފައެއް ނޯންނާނެ: ހަނިމާދޫ ކައުންސިލް

ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން ބިމުގެބައެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާއިރު، އެ ބިމުގައި ކުރަން އުޅޭކަމެއް ހަނިމާދޫގެ އެއްވެސް ރައްޔިތަކަށް މިހާރު އޮޅިފައެއް ނޯންނާނެކަމަށް ހަނިމާދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ހަނިމާދޫ ކައުންސިލުން ރޭ ވަނީ “ކްލަބް ހައުސް” މެދުވެރިކޮށް، އެއާޕޯޓް ސަރަހައްދަށް އިތުރުކުރާ ބިމާގުޅޭ މަޢުލޫމާތު ހިއްސާ ކުރުމަށް ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި އާންމު ރައްޔިތަކު ކުރި ސ...