ހދ. ހަނިމާދޫ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހަނިމާދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މި ކަމަށް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 10 މެއި 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 އަށް ހަނިމާދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 19 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި ހަނިމާދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.
މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަންނާނެ ކެމެށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!