ހދ.ހަނިމާދޫ ކައުންސިލްގެ "ޖަވާހިރުލް ޤުރުއާން މުބާރާތް 1445" ފަށައިފިއެވެ.
މި މުބާރާތުގެ ކިޔެވުން ފަށާފައި ވަނީ މި މަހު 27 ވަނަ ދުވަހު ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މި މަހުގެ 29 ވާ ހޮނިހިރު ދުވހަގެ ރެއެވެ. މި މުބާރާތުގައި 67 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގައި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމާއި، ޤުރުއާނަށް ދަރިވަރުންގެ ހިތުގައި ލޯބިޖެއްސުމުގެ އިތުރުން ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމެވެ.
މި މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގެ ދަށުން ބިޑު ހުށަހަޅައިގެން އެ ފުރުސަތު ހޯދައި، މުބާރާތް ހިންގުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދަނީ ހަނިމާދޫގައި ހިންގަމުން އަންނަ ޤުރުއާން ކުލާހެއްކަމަށްވާ ދާލަ ޤުރުއާން ކުލާހުންނެވެ.
ހަނިމާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ފާއިތުވި އަހަރު ވެސް ވަނީ ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!