Skip to main content
Topic Archive

#ހަސަން ލަތީފް (އެމްޕީ)

10 Stories filed
ރައްޔިތުންގެ ވޯޓަކުން މަޖިލިސް މެމްބަރުން ވަކިކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި
Parliament

ރައްޔިތުންގެ ވޯޓަކުން މަޖިލިސް މެމްބަރުން ވަކިކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި

ދާއިރާގެ ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވަކިކުރެވޭ ގޮތް ހަދަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފިއެވެ. ރައްޔިތުންގެ މަޖިލިހަށް އެ އިސްލާހު ހުށަހެޅުއްވީ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި އިސްލާހު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރެއް އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެމްބަރު ކަމުން...

ޑިމޮކްރެޓްސްގެ ފުރަތަމަ ރައީސަކަށް ހަސަން
Raajje

ޑިމޮކްރެޓްސްގެ ފުރަތަމަ ރައީސަކަށް ހަސަން

ދަ ޑިމޮކްރެޓިކްސްގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ފުރަތަމަ ރައީސްގެ މަގާމު އެ ޕާޓީގެ މުއައްސިސް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކާމިޔާބު ކުރައްވައިފިއެވެ. ހޮނިހިރު ދުވަހު އޮތް އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ރައީސްކަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ވެސް ކުރެއްވި ހަސަން ކާމިޔާބު ކުރެއްވީ، އެސްޓީއޯގެ ކުރީގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދެވެ. އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާ އަށް ދިގު އިންތިޒާރެއް ކުރަންޖެހުނުއިރު، […]

ނިޒާމީ ވޯޓުގެ ކަންކަމުގައި ކުރިއަށްދާނީ ޕީޕީއެމް/ޕީއެންސީގެ މަޝްވަރާގެ މަތީން: ހަސަން
Raajje

ނިޒާމީ ވޯޓުގެ ކަންކަމުގައި ކުރިއަށްދާނީ ޕީޕީއެމް/ޕީއެންސީގެ މަޝްވަރާގެ މަތީން: ހަސަން

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަކަށް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޝްވަރާގެ މަތިން ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ. އެ ޕާޓީ އުފެއްދުމުގެ އިސް މޭސްތިރިޔާ، މަޖިލިސް ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށެވެ. ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު […]

''މުޢިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓުން ބައިވެރިވާނެ''
Raajje

''މުޢިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓުން ބައިވެރިވާނެ''

ދެން ފެށޭ ރިޔާސީ އައު ދައުރުގައި ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ވެސް ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. ދަ ޑިމޮކްރެޓްސްގެ ފައުންޑަރ،  ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިރޭ ވިދާޅުވީ، ދެން އުފެދޭ ޑރ. މުޢިއްޒުގެ ސަރުކާރުގައި އެ ޕާޓީން ވެސް ބައިވެރިވާނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ދަ ޑިމޮކްރެޓްސް އިން ވާދަކޮށްފައިވާއިރު، އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު […]

ޑިމޮކްރެޓްސްގެ ހުށަހެޅުންތަކަށް އެމްޑީޕީގެ ފަރާތުން އަދި ވަކި ޖަވާބެއް ނުލިބޭ: ހަސަން
Raajje

ޑިމޮކްރެޓްސްގެ ހުށަހެޅުންތަކަށް އެމްޑީޕީގެ ފަރާތުން އަދި ވަކި ޖަވާބެއް ނުލިބޭ: ހަސަން

ޑިމޮކްރެޓްސްގެ ހުށަހެޅުންތަކަށް އެމްޑީޕީގެ ފަރާތުން އަދި ވަކި ޖަވާބެއް ނުލިބޭ ކަމަށް އެ ޕާޓީގެ މުސްތަޝާރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމަކާއި ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެމްޑީޕީ އާއި ޕީޕީއެމް އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެމްޑީޕީގެ ފަރާތުން އަދި ވަކި ޖަވާބެއް […]

ކޮންމެ ބަޔަކާއި ގުޅިގެން ވިޔަސް މިވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރާނަން: ހަސަން
Raajje

ކޮންމެ ބަޔަކާއި ގުޅިގެން ވިޔަސް މިވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރާނަން: ހަސަން

ރައްޔިތުން އެދޭ ގޮތަށް މިވެރިކަން ބަދަލު ކުުރަން ގުޅެން ޖެހުނު ކޮންމެ ބަޔަކާއި ގުޅިގެން ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރާނެކަމަށް “ދަ ޑިމޮކްރެޓްސް” ގެ މުއައްސިސް އަދި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލަން ނިންމައި، އެކަމުގެ މަޝްވަރާތަކެއް ފުވައްމުލަކުގައި ކުރިއަށް ގެންދިއުމަށްފަހު ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ހަސަން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތީ ނ...

ޗާގޯސް މައްސަލައިގެ ތަހްގީގު ހިންގަންގައި ކަނޑުގެ ބައި އަނބުރާ ހޯދަންޖެހޭ: ހަސަން
Raajje

ޗާގޯސް މައްސަލައިގެ ތަހްގީގު ހިންގަންގައި ކަނޑުގެ ބައި އަނބުރާ ހޯދަންޖެހޭ: ހަސަން

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައިގެ ފުރިހަމަ ތަހްގީގެއް ހިންގަންޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. މި މައްސަލައާއި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. އަދި މި އިއް...

ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރިކަން ރައީސަށް ކުރިން އެނގިވަޑައިގަންނަވާ: މެންބަރު ހަސަން
Parliament

ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރިކަން ރައީސަށް ކުރިން އެނގިވަޑައިގަންނަވާ: މެންބަރު ހަސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރިކަން ރައީސް އިބްރާޙީމް ސާލިހަށް ކުރިން އެނގިވަޑައިގަންނަވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ގ. ކެނެރީގޭ ކައިރީގައި ބޮން ގޮއްވާލުމުގެ ކުރިން އެ މައުލޫމާތު ރައީސް ސާލިހަށް ލިބިވަޑައިގެންނެވި ކަމަށެވެ. 2021 ވަނަ އަހަރުގެ މެއި ހަ ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ [...

މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިބުމަކީ ސަރުކާރުން ފޮނުވާހާ އެއްޗަކަށް އާއެކޭ ބުނުމެއް ނޫން: ހަސަން
Raajje

މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިބުމަކީ ސަރުކާރުން ފޮނުވާހާ އެއްޗަކަށް އާއެކޭ ބުނުމެއް ނޫން: ހަސަން

މަޖިލީހުގައި އެމްޑީޕީގެ 65 މެމްބަރުން ތިބުމަކީ ސަރުކާރުން ފޮނުވާ އެއްޗަކަށް އާއެކޭ ބުނެ، ރައްޔިތުންނަށް ބޮޑު ބުރައެއް ދިނުން ނޫން ކަމަށް ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) ގެ ޗެއާރޕަރސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ. ޓެކްސް ކުއްލިއަކަށް ބޮޑުކޮށް ރައްޔިތުންނަށް އެބުރަ ޖެއްސުމަށް ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއްކަން ފާހަގަކުރައްވާ އޭނާ ވަނީ ޓެކްސް ބޭނުންކޮށްގެން ނޫންގޮތަކަށް ފައިސާ ނުހޯދެނީތޯ ވެސް ސުވާލު ކުރައްވާފަ އެވެ. އަދި ކުޑަފަރީ ކައުންސިލުން...

ޒުވާނުން ހާސްކަމެއްނެތި މަޖާކުރާނެ މަރުކަޒެއް މާލޭގައި ގާއިމުކޮށްދޭން ގޮވައިލާ ގަރާރު އެޖެންޑާކޮށްފި
Parliament

ޒުވާނުން ހާސްކަމެއްނެތި މަޖާކުރާނެ މަރުކަޒެއް މާލޭގައި ގާއިމުކޮށްދޭން ގޮވައިލާ ގަރާރު އެޖެންޑާކޮށްފި

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާއި ބައްދަލުކޮށްލާ، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީސަމާސާކޮށް މަޖާކޮށްލާ އެއްވެ ތިބެވޭނޭ މަރުކަޒެއް ގާއިމުކޮށްދޭން ސަރުކާރަށް ގޮވައިލާ ގަަރާރު މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާއަށް އެ ޖެންޑާކުރި މި ގަަރާރަކީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރެކެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަ...