އޮޅުވާލައިގެން ބިމެއް ނުވިއްކާ، މުވައްޒަފު ވަނީ ސަސްޕެންޑް ކޮށްފައި: އެޗްޑީސީ
އެޗްޑީސީން އޮޅުވާލައިގެން ބިމެއް ނުވިއް ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމަށާއި، އެހެންމަވެސް ބިން ވިއްކުމުގެ ފުރުސަތު ލިބިފައި ނުވާކަމަށެވެ. އަދި ހިޔާނާތްތެރިވި މުވައްޒަފު ހިންގާފައިވަނީ ރިޝްވަތުގެ މުޢާމަލާތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެޗްޑީސީން ބުނީ އެ ކުންފުނީގެ މުވައްޒަފަކު ހެދިފައިވާ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެކަމަށްބުނެ މަންފާއެއް ހޯދުމަށް މަސައ...