ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ސައްހަ ނޫން މެސެޖުތަކެއް ފޮނުވަމުންދާކަމަށާއި، އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ.
އެޗްޑީސީން ބުނީ، އެ ކުންފުނީގެ ނަމުގައި ބައެއް ކަހަލަ ލިޔުންތައް ހިމަނައި، އާންމު ފަރާތްތަކަށް ބަޔަކު ދަނީ މެސެޖުތަކެއް ފޮނުވަމުންމެވެ.
އެ ކުންފުނިން އެފަދަ މެސެޖުތަކެއް ފޮނުވަމުން ނުދާ ކަމަށާއި، އެހެންވެ އެކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް އެދޭކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މިކޯޕަރޭޝަންގެ ނަމުގައި އާންމު ފަރާތްތަކަށް ފޮނުވަމުންދަނީ ސައްޙަނޫން މެސެޖުތަކެއް.
ސަމާލުވެލައްވާ! pic.twitter.com/Ko1FbQfcYz
— HDC (@hdcmaldives) March 3, 2023
ރާއްޖޭގައި މީގެ ކުރިން ވެސް އެކި ކުންފުނި، މުއައްސަސާތަކުގެ ނަމުގައި މިފަދަ މެސެޖުތައް ފޮނުވާފައިވާ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!