ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ސާވޭއެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ މިއީ ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފެންވަރު ރަނގަޅު ކުރުމަށްޓަކައި، އެމީހުންގެ ހިޔާލު ހޯދުމަށް ކުރިއަށްގެންދާ ސާވޭއެއް ކަމަށެވެ.

Ad
rt

މި ސާވޭ ކުރިއަށްގެންދާނީ މިއަދުން ފެށިގެން މާރޗް 6 ވަނަ ދުވަހަށެވެ.

މި ސާވޭގައި އާމްދަނީ، ޚަރަދު އަދި ކޭޝް ކާޑުގެ އެއްވެސް މައުލޫމާތެއް އަދި ބޭންކް އެކައުންޓްގެ މައުލޫމާތު ވެސް ނާހާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ސާވޭއަށް މައުލޫމާތު އެއްކުރާނީ އެޗްޑީސީގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު އަޅައިގެން ކަމަށާއި އިތުރު މައުލޫމާތެއް ސާފުކުރަން ޖެހިއްޖެނަމަ ކޯޕަރޭޝަންގެ ރަސްމީ ނަންބަރަކުން ގުޅާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ ސާވޭއާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ނުވަތަ ޝަކުވާއެއް އޮތްނަމަ ކޯލް ސެންޓަރު ނަންބަރު 1516 އަށް ގުޅޭނެ ކަމަށެވެ.