ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުން 136 ވަޒީފާގެ ފުރުސަތު ހުޅުވާލަން އެޗްޑީސީން ނިންމައިފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިއީ އެ ސަރަހައްދު ސާފުކޮށް ބޭއްވުމަށާއި ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ: އެގޮތުން، ސެކިއުރިޓީ އެސިސްޓަންޓުން އަދި ސަޕޯޓް ސްޓާފުން ނެގުމަށް ނިންމާ އެ ފުރުސަތު އަންނަ ހުކުރު ދުވަހު ބާއްވާ އޯޕަން ޑޭގައި ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

އަންނަ ހުކުރު ދުވަހު އޯޕަންޑޭ އޮންނާނީ ހަވީރު 16:00 – 18:00 އަދި ރޭގަނޑު 20:00 – 22:00 އަށް ކާމިލް ދީދީ ސްކޫލުގައެވެ. މި އޯޕަންޑޭގައި ވޯކް އިން އިންޓަވިއުތައް ކުރިއަށްދާނެއެވެ.

އެޗްޑީސީން ބުނީ މިފަހަރު ހުޅުވާލެވޭ ފުރުސަތުތަކުގައި 88 ސެކިއުރިޓީ އެސިސްޓަންޓުންނާއި 48 ސަޕޯޓް ސްޓާފް ނުގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ދެ މަގާމަށް ވެސް މުސާރާއިގެ ގޮތުގައި 10،500 ރުފިޔާ ވަނީ ކަނޑައެޅިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސޫގެ އޯޕަން ޑޭގައި ބައިވެރިވެ ވަޒީފާގެ ފުރުސަތަށް އެދި ހުށަހަޅަން ބޭނުންވާ ކޮންމެ މީހަކަށްޗެސް އައިޑީ ކާޑްގެ ކޮޕީ، އާއި ތަޢުލީމީ ސެޓިފިކެޓްތަކާއި ސީވީ ހިފައިގެން ދިއުމުން އިންޓަވިއުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ހިޔާ ސަރަހައްދަކީ ހިތް ފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއްކޮށް އަދި މި މަސައްކަތުގައި ހިޔާ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ބައިވެރިވުމާއި ހިޔާލު ހިމެނުމެވެ.