ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް 50 މިލިއަން ރުފިޔާ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް 2020 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގައި 50667387 ރުފިޔާ (ފަންސާސް މިލިއަން ހަލައްކަ ފަސްދޮޅަސް ހަތްހާސް ތިންސަތޭކަ އަށްޑިހަ ހަތް ރުފިޔާ) ހިމަނައިފިއެވެ. މިހާތަނަށް ސިއްހީ ދާއިރާގެ އެންމެ ބޮޑު ބަޖެޓެއް ހިމެނިފައި މިވަނީ 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައެވެ. އެގޮތުން ބަޖެޓުގެ 4.1 ބިލިއަން ރުފިޔާ އަކީ ސިއްޙީ ދާއިރާ ގެ ކަންކަމަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ އަދަދެވެ. އެގޮތުން 90 މިލިއަން ރުފިޔާ […]