ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޒަމާނީ ލޭބަރު ރޫމަކާއި ސެންޓްރަލް ސްޓެރައިލް ޑިޕާޓްމަންޓް ސާރވިސް (ސީއެސްއެސްޑީ) ޔުނިޓް ހެދުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އިއްޔެ މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ވޭވްލެންތް ކުންފުންޏާ އެވެ.

Ad
rt

މި ރަސްމިއްޔާތުގައި ކޭއާރުއެޗުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ މެނޭޖަރު އަހުމަދު ދާއޫދެވެ. ވޭވްލެންޗުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު ޔޫނުސް އިބުރާހީމެވެ.

1.3 މިލިއަން ރުފިޔާއަށް ހަވާލުކުރެވުނު މި ޕޮރޮޖެކްޓް ހަވާލު ކުރެވިފައިވަނީ 80 ދުވަސްތެރޭގައި ހަދައި ނިންމުމަށެވެ.މި ދެތަން ނިމިގެންދާއިރު ކުޅުދުއްފުށީގައި ޓާޗަރީ އައު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދަވާކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.