ޑަބުލިއު ސްޕޯޓްސް އެކަޑަމީ (ޑަބުލިއުއެސްއޭ) އިން އިންތިޒާމު ކޮށްގެން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާއި ކުޅުދުއްފުށީ ކައުންސިލާއި ގުޅިގެން ކުޅުދުއްފުށީގައި ބީޗް ގޭމްސް ފެސްޓިވަލެއް ބާއްވަން އިއުލާންކޮށްފިއެވެ.
ނޮވެމްބަރ 13 ން 16 އަށް ކުޅުދުއްފުށީ ހިއްކި ބިން ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
މި ސްޕޯޓްސް ފެސްޓިވަލްގައި ޖުމްލަ 5 ކުޅިވަރެއް ހިމެނޭއިރު އެ ކުޅިވަރުތަކަކީ އެއާރ ބެޑްމިންޓަން، ބީޗް ހޭޑްބޯލް، ބީޗް ނެޓްބޯލް، ތްރީ އޮން ތްރީ ބާސްކެޓް ބޯލް އަދި ބީޗް ވޮލީ އެވެ. ރާއްޖޭގައި ވެސް އަލަށް ބާއްވާ ބީޗު ސްޕޯޓްސް ފެސްޓިވަލްގައި ތައާރަފް ކުރާ އެއާރ ބެޑްމިންޓަނަކީ ވެސް މިރާއްޖޭގައި އަލަށް ކުޅެވޭ ކުޅިވަރެކެވެ. ސީނިއަރ ވިމެން ކެޓަގަރީގެ ތެރެއިން ބީޗް ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަން ޓީމްއަށް މާލޭގައި އޮންނަ ރެޑްބުލް ސްވިޓްޗް އަޕް މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ގޭމް ގައި ބައިވެރިވެވޭނީ ގިނަ ވެގެން 12 ޓީމަށެވެ.
މި ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުށް އެދޭ ފޯމު އަދި ފެސްޓިވަލްގެ ޤަވާއިދު ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ. ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ދުވަހަކީ 2019 އޮކްޓޫބަރ 25 ވަނަ ދުވަހެވެ.
އަދި މި އެއްވެސް ކުޅިވަރެއްގައި ބައިވެރިވުމަށް ފީއެއް ނުނަގާނެ ކަމަށެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލްގައި ބިދޭސީނަށްވެސް ބައިވެރިވެވޭނެ އެވެ. މި ފެސްޓިވަލްގެ މެއިން ސްޕޮންސަރަކީ "ބާދުޝާހް" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!