ޙަސީނާ އެދެނީ ތިބޭފުޅުންގެ ދީލަތި އެހީއާއި ހެޔޮ ދުޢާ އަށް!

C7052519-EC7D-41FB-9457-BC52333A9506

ހދ ކުޅުދުއްފުށި، ސޭޑީކޯނަރ، ޙަސީނާ ޙަސަން އަކީ "އަކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ" އަށް ފަރުވާ ހޯދަމުން އަންނަ ޒުވާނެކެވެ. "އަކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ" އަކީ ލޭގެ ކެންސަރުގެ ވައްތަރެކެވެ. މި ބަލީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާވަރަށް ލޭ އުފައްދައި ނުދެވެއެވެ.

ކުޅުދުއްފުށީގައި ދިރިއުޅޭ ހަސީނާ އެންމެ ފުރަތަމަ މި އަހަރުގެ އޮގަސްޓު މަހު ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ދެއްކީ ކެއްސާތީވެއެވެ. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ދެއްކުމުން ލޭގެ ޓެސްޓެއް ހެދުމަށްފަހު ޕްލެޓެލެޓްސް މާ ދަށްވެފައި ހުރުމުން އައިސީޔޫގައި އެޑްމިޓް ކުރިއެވެ. އޭގެ 3 ދުވަސް ފަހުން އިތުރު ފަރުވާއަށް ހަސީނާ މާލެ ގެންދިޔައެވެ. މާލެ ގޮސް އައިޖީއެމްއެޗް ހޮސްޕިޓަލަށް ދެއްކުމުން އެއީ "އިޑިއޯޕަތިކް ތްރަމްބޯސައިޓޯޕީނިކް ޕްރޮޕިއުރާ" (އައިޓީޕީ) އޭ ކިޔާފައި އެހޮސްޕިޓަލުން ދޫކޮށްލުމުން އަނެއްކާވެސް އެނބުރި ދިޔައީ ރަށަށެވެ.

ހަސީނާ ރަށަށް އައިސް އަނެއްކާވެސް 2 ހަފްތާ ފަހުން ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް އަށް ދެއްކިއެވެ. އަނެއްކާވެސް ޕްލެޓްލެޓްސް ދަށްވެފައި ހުރުމުން ޑޮކްޓަރު ބުނީ މާލެ ދިއުމަށެވެ. މިފަހަރު މާލެ ގޮސް ހަސީނާ ދެއްކީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ދެންނެވީ އައިޖީއެމްއެޗް އިން ދެންނެވި ގޮތަކަށް ނޫނެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ދެންނެވީ ތިއީ "އައިޓީޕީ" ނޫން ކަމަށެވެ. އެ ހޮސްޕިޓަލުން ލަފާ ދިނީ ރާއްޖެއިން ބޭރަށް ދިއުމަށެވެ. އެހެންނަމަވެސް ހަސީނާގެ ހާލު ކުޑަކޮށް ހަމަޔަކަށް އެޅެންދެން 10 ދުވަހު ޓްރީޓޮޕް ހޮސްޕިޓަލްގެ އައިސީޔޫ ގައި ބާއްވައިގެން ފަރުވާ ދިނެވެ.

ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުން ބޭސް ފަރުފާ ކުރުމުގެ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖެއްސިއެވެ. އެހެންނަމަވެސް ހަސީނާގެ ހާލު ހުރިގޮތުން އޮކިސިޖަން ގުޅައިގެން ގެންދަން ޖެހީތީވެ ކިމްސް ހޮސްޕިޓަލަށް ގެންދިއުމަށް ނިންމިއެވެ. ނަމަވެސް ކިމްސް އިން ފަރުވާ ކުރުމަށް އާސަންދައިން ހަމަޖެހުނީ ބޭހުގެ ހަރަދުތަކެވެ. ހޮސްޕިޓަލްގައި ހުރުމާއި ކެއުމުގެ ޚަރަދު ތައް ހަމަޖައްސަން ޖެހެނީ އަމިއްލަ އަށެވެ.

2019 ސެޕްޓެމްބަރ 12 ވަނަ ދުވަހު ކިމްސް ހޮސްޕިޓަލަށް ގެންގޮސް ހަސީނާއަށް ފަރުވާ ދޭން ފެށުނެވެ. ކިމްސް ހޮސްޕިޓަލްގައި ބާއްވައިގެން ހަސީނާއަށް ފަރުވާ ކުރަމުން އަންނަތާ މިހާރު 2 މަސް ވުމާއި ކައިރިވަނީއެވެ. އަދިވެސް އިތުރު 3 މަސް ދުވަސްވަރު ވަންދެން ކިމްސްގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ. ހަސީނާގެ ހާލު ކުރިއަށްވުރެ ރަނގަޅުވަމުން އަންނައިރު އެންމެންގެ ހެޔޮ ދުޢާ ވަރަށް މުހިންމުކަމަށް އާއިލާން ބުންޏެވެ.

ހަސީނާގެ ބޭސް ފަރުވާގެ ހަރަދު އާސަންދައިން ހަމަޖެހުނަސް ހޮސްޕިޓަލްގައި ހުރުމަށާއި ކެއުމަށް ބޮޑެތި ޚަރަދު ތަކެއް ދެއެވެ. ތިޔަ ފަރާތުގެ ކިތަންމެ ކުޑަ އެހީއަކީވެސް އެއާއިލާއަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. އެކަކު އަނެކަކަށް އެހީތެރިވުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ އެހާމެ ދަރުމައާއި ސަވާބު ލިބޭނެ ހެޔޮ އަމަލެކެވެ.

އެގޮތުން ހަސީނާ އަށް ފައިސާގެ އެހީތެރިކަން ވެދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކޮށްދެއްވުން އާއިލާއިން އެދެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ވަޓްސްއެޕް ނުވަތަ ވައިބަރ މެދުވެރިކޮށް ހަސީނާގެ ފިރިމީހާ އަހްމަދު އަބްދުލްރަޙީމް 7776939 ގުޅުއްވުން އެދެއެވެ. ނުވަތަ 919747205992+ ގުޅުއްވުން އެދެއެވެ.

ދިވެހި ރުފިޔާ އެކައުންޓް ނަމްބަރު: 7706137821101 އަޙްމަދު އަބްދުލްރަޙީމް (ހަސީނާގެ ފިރިމީހާ)
ޑޮލަރު އެކައުންޓް ނަމްބަރު: 7730000122875 އަޙްމަދު އަބްދުލްރަޙީމް (ހަސީނާގެ ފިރިމީހާ)

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް އަސަރު ކޮށްފި. ހަސީ އަށް އަވަސް ޝިފާ އެއް ދެއްވާށިއެ. އާމީން..

    26

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި