ހދ.ކުޅުދުއްފުށި އަމީރު އަމީން ސުކޫލުގެ ދަރިވަރުންނަށް ރާއްޖޭގެ މުވައްސަސާތަކުގެ ޔުނީފޯމް ދައްކަލައިފިއެވެ.
އެސުކޫލުގެ ދަރިވަރުންގެ ފަރާތުން ރާއްޖޭގެ މުވައްސަސާތަކުގެ ޔުނީފޯމް ދައްކާލުން އޮތީ މިއަދު އެސުކޫލުގައި ކުރިޔަށް ގެންދިޔަ ހަރަކާތެއްގައެވެ. މި ހަރަކާތުގައި އެމް.އެން.ޑީ.އެފް ނޯރތަން އޭރިޔާ، ކުޅުދުއްފުށި ޕޯސްޓާއި އެމް.އެން.ޑީ.އެފް ކުޅުދުއްފުށި ފަޔާރ ސްޓޭޝަންގެ ސިފައިން ވެސް ވަނީ ބައިވެރިވެފައެވެ.
Raajjeyge muassasaathakuge uniform dhakkaalumah HDh. Kulhudhuffushi Ameer Ameen School ge dharivarunnah kuriyahgendhiya harakaathugai MNDF Northern Area, Kulhudhuffushi Post aai MNDF Kulhudhuffushi Fire Station ge Sifain beiverivumuge therein pic.twitter.com/0GXOgfmLm9
— Maldives National Defence Force (@MNDF_Official) October 3, 2019
މީގެ އިތުރުން އެރަށުގައި މަސައްކަތްކުރާ ސަރުކާރުގެ އެހެން މުވައްސަސާތަކުން ވެސް މި ހަރަކާތުގައި ވަނީ ބައިވެރިވެފައެވެ.
އަމީރު އަމީން ސުކޫލަކީ އެރަށުގައި ބެބީނާސަރީ އަދި ނާސަރީ ކުދިނަށް ޕުރީސުކޫލު ތައުލީމު ދެމުން އަންނަ ސުކޫލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!