•  
  •  
  •  
  •  
  •  
  •  

މިމަހުގެ 4ން ފެށިގެން 5 ވަނަ ދުވަހަށް ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ ނެޝަނަލް އެތުލެޓިކްސް ގުރޭންޑް ޕްރިކްސް ގައި ހދ.ކުޅުދުއްފުށި ޖަލާލުއްދީން ސުކޫލުގެ ދަރިވަރު ރިފާ މުހައްމަދު ބައިވެރިވެ ފަހުރުވެރި ކާމިޔާބީތަކެއް ހޯދައިފައިވާތީ އެސުކޫލުން ހާއްސަ އެސެމްބްލީއެއް ބާއްވައިފައެވެ.

އެ ސުކޫލު ގުރޭޑް 9A ގައި ތައުލީމް ހާސިލް ކުރަމުން އަންނަ 15 އަހަރުގެ މިދަރިވަރު ރާއްޖޭގައި ފާހަކޮށްލެވޭ މޮޅެތި އެތްލީޓުންނާއި ވާދަކޮށް 400 މީޓަރު ރޭހުގައި 1 މިނެޓް 4.93 ސިކުންތުން ރޭސް ނިންމާ ވަނީ ބުރޯންޒް މެޑަލް ހާސިލްކޮށްފައެވެ.

ލޯންގް ޖަމްޕް އިން ސިލްވާ މެޑަލް ހޯދި އިރު ރިފާވަނީ 200 މީޓަރު ރޭހުގައި 28.06 ސިކުންތުން ރޭސް ނިންމާ  ް ބްރޯންޒް މެޑަލް ހޯދާފައެވެ.

ރިފާއަށް ލިބިފައިވާ ފަޙުރުވެރި ކާމިޔާބީއަށާއި ރިފާގެ ކޯޗް ކޮށްދެއްވި މަސައްކަތް ފަހަގަކޮށް ޖަލާލުއްދީން ސުކޫލުން ވަނީ މަރުހަބާ ދަންނަވާފައެވެ.

ޚިޔާލު

Your email address will not be published.